ފުވައްމުލަކު ސިޓީގެ ޖެނެރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ބަހާލައިގެން މިރޭ ކަރަންޓްދޭ ގޮތަށް ހަމަޖެހިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުގެ ފުވައްމުލަކު ބްރާންޗުން ހާމަކޮށްފިއެވެ. އެބްރާންޗުން މިއަދު ނެރުނު ތާވަލެއްގައިވާ ގޮތުން މިއަދު ހަވީރު 6 އިން މިރޭ ދަންވަރު 12 ޖެހުމާއި ހަމައަށް އެކި ހިސާބުތަކުން ކަރަންޓް ކަޑާލެވޭނެއެވެ. އެހެންކަމުން، އެވަގުތުތަކުގައި އިލެކްޓްރޯނިކް އާލާތްތައް ނިއްވާލުމަށްވެސް ފެނަކައިން އެދިލައްވައެވެ.
ފުވައްމުލަކު ސިޓީގެ ކަރަންޓް ނިޒާމަށް މީގެ ކުރިންވެސް އެތަކެއް މައްސަލަތަކެއް ދިމާވިއެވެ. ކަރަންޓް އިތުރުން ފެނުގެ މައްސަލަ ހައްލުނުވެ ފެނު ޚިދުމަތްވެސް މިދިޔަ އަހަރު ދުވަސްކޮޅަކަށް ކަނޑާލެވުނެވެ. މިއަދު ފުވައްމުލަކުން ކަރަންޓް ކަނޑާލެވޭއިރު އިއްޔެވަނީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކުވެސް މަގާމުން ދުރުކޮށްފައެވެ.




ޚިޔާލުތައް