A wide advertisement which will be shown on all devices. (700 x 100)

ހަށިވިއްކުމުގައި ބައިވެރިވާ 16 އަހަރުގެ ކުއްޖާ ބަނޑު ބޮޑު!

މިހާރު މިރަށުގައި (ފުވައްމުލަކުގައި) ތަހުގީގު ކުރެވެމުންދާ ކުޑަކުދިން ލައްވާ ގަދަކަމުން ހަށިވިއްކުމުގެ މައްސަލާގައި ޝާމިލުވާ 16 އަހަރުގެ އަންހެންކުއްޖާ މާބަނޑު ވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި 50 ހެއްހާ މީހުން ޝާމިލުވާ މިބޮޑު މައްސަލާގައި ހިމެނޭ ކުޑަ ދެ އަންހެންކުދިންގެ ތެރެއިން 16 އަހަރުގެ އަންހެންކުއްޖާ ބަނޑުބޮޑުކަން އެނގުނީ ފުވައްމުލަކު ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ނެވެ. އަދި އެމައްސަލަ ޖެންޑަރ މިނިސްޓްރީގެ ފުވައްމުލަކު އޮފީހަށް ހޮސްޕިޓަލުން އެންގުމާއި ގުޅިގެން މިތަހުގީގު ފެށުނުކަމަށް ވެއެވެ.

ސޯޝަލް މީޑިއާރ އަދި ވައިބަރ ގްރޫޕްތަކުގައި މިހާތަނަށް ހައްޔަރުކުރެވިފައި ވާ 10 މީހުންގެ ލިސްޓެއް ދައުރުވަމުން އެބަދެއެވެ. އޭގެތެރޭގައި 3 ވިޔަފާރިވެރިއަކާއި، ސިޔާސީ ބޮޑު ދެޕާޓީގެ އިސް އެކްޓިވިސްޓުން ވެސް ހިމެނޭ ކަމަށް މީޑިއާތަކުން ހާމަކުރެއެވެ. އަދި މިމައްސަލާގައި ހިމެނޭ ދެ އަންހެންކުދިންވަނީ އިއްޔެގެ ވަގުތެއްގައި  މާލެގޮސްފައިވާ ކަމަށް އެގިފައިވެއެވެ. 

ބައެއް މީޑިއާ ތަކުން ތުހުމަތުކޮށްފައިވާ ގޮތާއި ޚިލާފަށް މިކަލް ނޫހުގެ ރިޕޯޓަރަކު އަދި ފޮޓޯ ގްރާފަރަކު ވެސް މިމައްސަލާގައި ނުހިމެނޭ ކަން ކިޔުންތެރިންނަށް ކަށަވަރުކޮށް ދެމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !