ފުވައްމުލައް ސިޓީގެ ޙާފިޒް އަޙްމަދު ސްކޫލުގެ ކާމިޔާބީގެ ދުވަސް ފާހަނގަ ކޮށްފިއެވެ. “އަރުތަ ދުވަސް 2018” ނަމުގައި، އެސްކޫލުގަިއ ބޭއްވެ ޚާއްސަ ރަސްމިއްޔާތެއްގައި، ތަފާތު އެކި ކުޅިވަރު ހަރަކާތް ތަކުންނާއި ޤައުމީ މުބާރާތްތަކުން އެ ސްކޫލަށް ކާމިޔާބީ ހާސިލްކޮށް ދީފައިވާ ދަރިވަރުނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ދިނުން އޮތެވެ.
އެ ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި، މި ހަފްލާ ބޭއްވުމުގެ މަގްސަދަކީ އެކި ރޮނގުރޮގުން، މަތީ ވަނަތައް ޙާސިލްކޮށް، ސްކޫލަށް ރީތިނަން ހޯދާދީފައިވާ ދަރިވަރުންގެ އަގުވަޒަންކޮށް، އެަކން ފާހަގަކޮސް އެދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލު ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވާ ހަފްލާއެއް ކަމުގައެވެ.
ދެހާސް ހަތަރު ވަނަ އަހަރު އެ ސްކޫލް ހުޅުވުމަށްފަހު އެސްކޫލުން ވަނީ ތައުލީމާއި ހުނަރާއި ފަންނުވެރިކަމުގެ ގޮތުން ރަށު ފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ކާމިޔާބީތަކެއް ޙާސިލްކޮށް، އަރުތަވެރި ދަރިވަރުންތަކެއް އުފައްދާދީފައެވެ. ފުވައްމުލައް ސިޓީން ސާނާވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ނިސްބަތަށް ބަލާއިރު، އެންމެބޮޑު ކާމިޔާބީތައް ހޯދާ ދަރިވަރުނަކީ އެ ސްކޫލުން ފަށާތައުލީމު ނިންމާފައިވާ ދަރިވަރުންނަށް ވުމީ އެސްކޫލާއި ސްކޫލުގެ ޙިއްސާދާރުން ފަޚުރުވެރިވާ ކަމެއްކަމުގައި އެ ސްކޫލުން ބޭއްވި ހަފްލާގައި އިއްވި ރިޕޯޓްގައި ފާހަގަކޯށްފައި ވެއެވެ.
މިޙަފްލާ ޝަރަފްވެރިކޮށް ދެއްވީ މޯޑިވްސް ޕޮލިސް ސާވިސްގެ ސަބްއިނިސް ޕެކްޓަރ އިބްރާހިމް ހުސެއިން އެވެ. މީގެ އިތުރުން ސަރުކާރުގެ އޮފީސް ތަކުގެ ވެރިންނާއި ސްކޫލްގެ ޕްރިސިޕަލް މުހައްމަދު ފަޔާޒް އާއި ސްކޫލްގެ ޓީޗަރުން އަދި ބެލެނިވެރިން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ. މުނިފޫހި ފިލުވުގެ ހަރަކާތްތަކާއި އެކު ކުރިޔަށް ގެންދިޔަ މި ހަފްލާ ނިންމާލާފައި ވަނީ ޚާއްސަ ދުޢާ އަކާއި ޝަރަފްގެ ބިލެތް މީރު ކޮށްލުމަކުންނެވެ.

“އަރުތަ ދުވަސް 2018” ގެ ތެރއިން – ފޮޓޯ: މުހައްމަދު ކަލޯ / މިކަލް ނިއުސް

“އަރުތަ ދުވަސް 2018” ގެ ތެރއިން – ފޮޓޯ: މުހައްމަދު ކަލޯ / މިކަލް ނިއުސް
ޚިޔާލުތައް