A wide advertisement which will be shown on all devices. (700 x 100)

ޓީޗިން ލައިސަންސް ނަގަންޖެހޭގޮތަށް ހަމަޖެހިގެން ދަނީ

ތައުލީމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖުލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން ޓީޗަރުން ލައިސަންސް ނަގަން ޖެހޭ ގޮތަށް ތަޢުލީމުގެ ގާނޫނެއް އެކުލަވާލުމަށް ބިލް ދިރާސާކުރި ކޮމެޓީން ބިލު ފާސްކޮށްފިއެވެ. މިބިލު ފާސްކޮށް އަމަލުކުރަން ފެށުމާއެކު އަލަށް މުދައްރިސުކަމުގެ ވަޒީފާއަށް އާދެވޭނީ ޓީޗިން ލައިސަންސް ނަގައިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން ފާސްކޮށް މަޖުލީހުގެ ތަޅުމަށް ހުށަހެޅުމަށް ތައްޔާރުވެފައިވާ ތަޢުލީމުގެ ބިލުގައިވާ ގޮތުން ޚިދުމަތުގައި ތިބި މުދައްރިސުން ޤާނޫނަށް ޢަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަން ޖެހެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ އެއްމަސް ދުވަހުގެ ތެރޭގައި، ޓީޗަރުން ރަޖިސްޓްރީކުރުމާއި ގުޅޭ އެންމެހައި ކަންތައްތައް ކުރުމަށް 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑެއް އުފައްދަން ޖެހެއެވެ.
ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގައި ރަޖިސްސްޓްރީ ނުވެ ރާއްޖޭގެ އެއްވެސް ސްކޫލެއްގައި އަދި އެނޫންވެސް ރާއްޖޭގައި ހިންގާ އެއްވެސް ކިޔަވައިދޭ ތަނެއްގައި ކިޔަވައިދިނުމުގެ މަސައްކަތް ކޮށްގެން ނުވާނެކަމަށް މި ބިލުގައި ކަނޑައަޅާފައެވެ. އަދި އެގޮތުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ނޫނީ އެއްވެސް ސްކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް ތަޢުލީމުގެ މިބިލުގައި ބުނެފައެވެ.
ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގައި ރަޖިސްޓްރީނުވެ ތައުލީމުދޭ ތަންތަން ކިޔަވައިދޭނަމަ އެކަމެއް ބަލައި ފާސްކުރުމުގެ ބާރު އެޑިއުކޭޝަން މިނިސްޓްރީއަށް ނުވަތަ އެފަރާތުން ކަނޑައޅާ ފަރާތަކަށް ލިބިގެން ވެއެވެ. އަދި އެފަދަ ތަނެއް ހިންގަނީ ޤާނޫނާ ހިލާފަށް ކަމަށްވާނަމަ ރަޖިސްޓްރީ ކުރުމަށް އެންގުމާއި، ވަގުތުން އެތަނެއް ބަންދުކުރުމަށް އެންގުމުގެ ބާރު ވެސް މިނިސްޓްީއަށް ދީފައެވެ.

އަލަށް ފާސްކުރަން ތަައްޔާރުވެފައިވާ ތައުލީމުގެ (ބިލުގައި) ގާނޫނުގައި ވާގޮތުން ރާއްޖެގެ ހުރިހާ ސްކޫލެއްގައި ވެސް ރައްޔިތެއް ކަމުގައިވާ ކޮންމެ ކުއްޖަކަށް އިސްލާމީ އަޤީދާ އާއި އިސްލާމީ ތަރުބިއްޔަތުގެ އިތުރުން ދިވެހި ބަސް ކިޔަވައިދޭން ވާނެ ކަމަށް ހިމަނާފައި ވެއެވެ. ސަރުކާރުގެ ފަރާތުން މިބިލު މަޖުލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު އެވެ.
މިއީ ދިވެހިރާއްޖޭގައި މުޅިން އަލަށް ފާސްކުރެވޭ ތައުލީމު ދިނުމުގެ ގާނޫނެކެވެ. މިގާނޫނު އެންމެ ފުރަތމަ ޑްރާފްޓްވެގެން އައީ ކުރީގެ އެމްޑީޕީ ސަރުކާރުގައި 2009 ހިސާބުގައި ޑރ. މުސްތަފާ ލުތުފީގެ އެޑިއުކޭޝަން މިނިސްޓަރު ކަމުގެ ދުވަސްވަރުގައެވެ. ނަމަވެސް އެއިގެ ދަހުން ޕީޕީއެމް ސަރުކާރުގައި ވެސް މަޖުލީހަށް ބިލުގެ އައު ޑްރާފްޓެއް ލިޔެވެ. ނަމަވެސް އެފަހަރުވެސް ގާނޫނަކަށްވެ ވުޖޫދުނުވެ ދިޔައީއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !