އަންނަ ހޯމަދުވަހު ޏ.އޭއީސީގެ ބެލެނިވެރިން ހުޅުވާލާ ޚާއްސަ މެދުރު ކެއުމެއް

ޏ.އޭއީސީގެ ޕީޓިއޭއިން އިންތިޒާމުކުރާ މެންދުރުގެ ކެއުން
Share on facebook
Share on twitter
Share on google

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ (ޏ.އޭއީސީގެ) ބެލެނިވެރިން އަންނަ ހޯމަ ދުވަހު އާއްމުންނަށް ހުޅުވާއިގެން ޚާއްސަ މެންދުރު ކެއުމެއް ބޭއްވުމަށް ތާވަލް ކޮށްފިއެވެ. ޕީޓީއޭގެ މިކެއުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 8 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހު މެންދުރު އެވެ.

މި ކެއުމުގައި ހިމެނެނީ ސިއްހަތަށް ޚައްސަ މެނޫ ތަކާއި ސްޕެގަޓީގެ އިތުރުން އާއްމުކޮށް ރެސްޓޯރެންޓްތަކުން ލިބޭ ފްރައިޑް ރައީސް އާއި ފްރައިޑް ނޫޑްލްސްއެވެ.

މި ޚާއްސަ ކެމުގައި ބައިވެރިވުމަށް ޕްރިއޯޑަރު ނެގުމަށްވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން މާދަމާ މެންދުރު ފަހު 3:00 ގެ ކުރިން 7776876 އަދި 7781327 އަށް ގުޅައިގެން އޯޑަރު ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އޭއީސީގެ މިޚާއްސަ ކެއުމަކީ ދޫކަށްލާވަރުގެ ކެއުމެއް ނޫންކަމަށް ހާމަކޮށްފައި ވެއެވެ.

ސްކޫލްތަކުގެ ބެލެނިވެރިންނާއި ޓީޗަރުންގެ ޖަމްއިއްޔާގެ އެކިއެކި ކަންކަމަށް އަދި ދަރިވަރުންގެ އެކްސްޓްރާ ކައިރިކިއުލާ ހަރަކާތަކަށް އެހީތެރިވުމުގެ ގޮތުން ފައިސާކަމަށް މިފަދަ ތަފާތު ހަރަކާތްތައް ހިންގައެވެ.

ކޮވިޑް-19ގެ ދުވަސްތަކުގައި މިފަދަކަންކަން ކުރިޔަށް ނުގެންދެނު ކަމުގައި ވިޔަސް ސްކޫލްތައް އާއްމު އުސޫލުން ކިޔަވައިދިނުމާއި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދަން ފެށުމާއެކު މިފަދަ ހަރަކާތްތަކަކަށް ވެސް ވަނީ ބޭނުންވެފައެވެ. މިފަދަ ހަރަކާތްތަކުން ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުން އެއްބައިވަންތަ އިތުރު ކުރުވަން އެހީތެރިވެއެވެ. އަދި ރަށުގެ އާއްމުންނަށް ސްކޫލްތަކުގެ ކަންކަމަށް އެހީތެރިވުމަށް މިފަދަ ކަންކަމުން ފުރުސަތު ހުޅުވެގެން ދެއެވެ.

މިފަދަ ކަންކަމުގައި ބައިވެރިވެ ސްކޫލްތަކަށް އެހީތެރިވުމަކީ ގިނަބަޔަކު ކުރަމުން އަންނަ ކަމެކެވެ.

1.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments