A wide advertisement which will be shown on all devices. (700 x 100)

މިކަލް ނޫހުގެ “އޮންލައިން ޕޮލް” މިއަދަށް ނިމޭނެ

އެރ

މިކަލް ނޫހުން “ފޭސްބުކް” މެދުވެރިކޮށް ހުޅުވާލާފައިވާ އޮންލައިން ވޯޓު މިއަދަށް ނިމޭނެއެވެ. މިކަލް ނޫހުން މިހާރު ހުޅުވާލާފައިވާ “އޮންލައިން ޕޮލް” އަކީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖުލީހުގެ ޕްރައިމަރީގައި ޕާޓީތަކުން ވާދަކުރާ ފަރާތްތަކުގެ މެދުގައި ބަހުސެއް ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯއެވެ.

ހަފުތާއަކަށް ހުޅުވާލި މި ޕޮލްގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މިހާތަނަށް ވޯޓު ދީފައެވެ. މިހާރުގެ ނަތީޖާ ދައްކާ ގޮތުން ގިނަ ބަޔަކު މި ބަހުސް ބާއްވަން އެދެއެވެ.

މި ބަހުސް ބާއްވާ ގޮތަށް ނިމިއްޖެ ނަމަ އާއްމުނަށް ކެންޑިޑޭޓުންނާ ސުވާލު ކުުރުމުގެ ފުރުސަތު ހުޅުވާލުމަށް ވެސް ވަނީ ވިސްނާފައެވެ.

މި ބަހުސް ބާއްވާނެ ދުވަހެއް ކަނޑައަޅާނީ ޕާޓީތަކުން ޕްރައިމަރީ ބާއްވާނެ ދުވަހެއް ފައިނަލް ކުރުމުންނެވެ.

އެމްޑީޕީން އަންނަ ޖެނުއަރީ މަހު 18ގައި ޕްރައިމަރީ ބޭއްވުމަށް ނިންމާފައި ވިޔަސް ޕީޕީއެމުން އަދި ޕްރައިމަރީ ބާއްވާނެ ވަކި ދުވަހެއް ކަނޑައަޅާފައެއް ނުވެއެވެ.

މިހާރު މަސައްކަތް ކުރެވެމުން ދަނީ އަންނަ ޖެނުއަރީ މަހު ފެށޭ ހިސާބުގައި މިބަހުސް ބޭއްވޭތޯއެވެ.

މި ބަހުސުގައި މިކަލް ނޫހާއި އެއްކޮށް މަސައްކަތް ކުރަން އެދޭ ވޮލަންޓިއަރުންނަށް ފުރުސަތު ހުޅުވާލެވޭނެއެވެ. އަދި އާއްމުން ކެންޑިޑޭޓުން ކުރެން އަހަން ބޭނުންވާ ސުވާލުތައް މިކަލް ނޫހަށް ފޮނުވޭނެ އުސޫލެއް ވެސް ހަމަޖެހިގެން ދާނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !