A wide advertisement which will be shown on all devices. (700 x 100)

ޝާމިލްވުމެއް ނެތްނަމަ އެއްވެސް ޖެހިލުމަކާއި ނުލާ ކޮމިޝަނަށް ބާރުދޭ ބިލަށް ވޯޓު ދެއްވާނެ – ޝާހު

ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު

މަރުތަކާއި، ޚިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރުތައް ދިނުމަށް ދެކޮޅު ހައްދަވާ މެމްބަރުންނަކީ އެކަންކަމުގައި ބައިވެރިވެވިފައިވާ މެމްބަރުން ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ. ޝާހު މިހެން ވިދާޅުވެފައި ވަނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަންކަމުގައި އެއްވެސް ޝާމިލްވުމެއް ނެތްނަމަ އެއްވެސް ޖެހިލުމަކާއި ނުލާ ބިލަށް ވޯޓު ދެއްވާނެ ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.

ބިލަށް އެއްބާރުލުން ދެއްވަމުން ގެންދެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކޮމިޓީން ބޭރުކޮށްލާފައި ވާތީ އެކަމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ޝާހު ވިދާޅުވީ މެމްބަރު ނަޝީދު ކޮމިޓީން ބޭރުކޮށްލެއްވީ އެ ޕާޓީގެ ޕީޖީ ލީޑަރު، ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާނު ކަމަށެވެ.

މިބިލަށް ބޮޑެތި ބަދަލުތަކެއް ކޮމިޓީން ގެނައުމަށްފަހު މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފަ އެވެ. މިބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވާ ފައިވަނީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު  އެވެ. ބިލަށް އިސްލާހު ގެނެސްފައިވާ ގޮތަށް ބަލާއިރު ހުރިހާ މެމްބަރުން ވޯޓު ދެއްވަންޖެހޭނެ ކަމަށާއި ވޯޓު ދެއްވަން ނުޖެހޭ އެއްވެސް ސަބަބެއް މިހާރު ނޯންނާނެ ކަމަށް، ޕީޕީއެމްގެ ޓިކެޓްގައި ފުވައްމުލަކު އުތުރު ދާއިރާއަށް އިންތިޚާބުވުމަށްފަހު އެޕާޓީއިން ވަކިވި ޝާހު ވިދާޅުވި އެވެ.

ދެ ކޮމިޝަންގެ ބިލް ފާސްނުކޮށް ދައުރު ނިންމާލާފައި ވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ބިލް ފާސްކުރުމަށްޓަކައި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުން އެއްބަސްވެ ވަޑައިގެންފައި ވާތީ، ޖެނުއަރީ 20 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !