A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އުތުރު ދާއިރާގެ ޖޭޕީ ޓިކެޓް ޝާހުއަށް

ޝާހުއަށް ފވމ އުތުރު ދާއިރާގެ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި - ޖޭޕީގެ އިސް މެންބަރު ޑރ.ޖަމީލުއާއި ދެކޮޅަށް މަޖުލީހުގައި ޝާހު ވޯޓުދިން.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީސް އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓް މިހާރުވެސް އެދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އަލީ ޝާހުއަށް ލިބިފައިވާކަން ކަށަވަރު ވެއްޖެއެވެ. މިކަން ޔަގީން ކުރެވުނީ އިއްޔެ ހަވީރު ބޭއްވި ޖޭޕީގެ ކަންއުސިލް ބައްދަލުވުމަށް ފަހު އެޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯޯލިޙު މީޑިއާއަށް އެގޮޮތަށް ވިދާޅުވެ ދެއްވި މައުލޫމާތުންނެވެ.

އަލީ ސޯލިޙު ވިދާޅުވެފައި ވަނީ މަޖުލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި މެމްބަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅުންނަށް އެ ޕާޓީގެ ޓިކެޓު ދިނުމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަޢުދުވެ ވަޑައިގެންފާއިވާ ކަމަށެވެ. ފުވައްމުލަކު އުތުރު ދާއިރާގެ މަޖުލިސް މެންބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ޝާހުއަކީ ވެސްް މަޖުލީހުގެ ގޮނޑި ފަހުން އިޔާދަ ކުރެވުނު މެންބަރެކެވެ. ވުމާއެކު ޝާހުއަށް ވެސް ޕްރައިމަރީ އަކާއި ނުލައި ޖޭޕީގެ ޓިކެޓު ކަށަވަރުވީއެވެ. ޝާހުގެ އިތުރުން ޖޭޕީއާއި ގުޅިފައިވާ އެހެން މެންބަރުންނަށް ވެސް ޕްރައިމަރި އަކާއި ނުލައި  ޓިކެޓް ޔަގީންވެފައިވާ ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.

އިއްޔެ ހަވީރު ޖުމްހޫރީ ޕާޓީން ވަނީ މަޖުލީހުގެ ހުރިހާ ދާއިރާ އަކަށް އެޕާޓީން ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އެޕާޓީން ކަނޑައަޅާފައިވާ ސުން ގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ 25 އެވެ. ނަމަވެސް އެޕާޓީން ވާދަކުރާނެ ދާއިރާތަކާއި ދޫކޮށްލާނެ ދައިރާތައް އެނގޭނީ ލިބޭ އެޕްލިކޭޝަންތައް ބެލުމަށް ފަހުގައި ކަމަށް ލީޑަރު ގާސިމު ވިދާޅުވިއެވެ. ޓިކެޓް ދިނުމުގައި އެޕާޓީން ބަލާނީ ކެންޑިޑޭޓުންގެ ގާބިލުކަމަށް ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އުސޫލެއް އެޕާޓީން ހަދާފައެއް އަދި ނުވެއެވެ.

އެޕާޓީީގެ ޓިކެޓް ކޮންމެ ކޮންމެ މީހަކަށް ނުލިބޭނެ ކަމަށް ލީޑަރު ގާސިމު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ބަލާނަން އެ ދާއިރާ އަކަށް ކުރިމަތިލާ މީހަކީ ތައުލީމީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ކޮން ކަހަލަ މީހެއް ކަމާއި އެ މީހަކަށް ޓިކެޓު ދީގެން އިންތިޚާބު ކުރެވޭނީ ކިހާ މިންވަރަކަށް ތޯ، މިފަދަ ކަންކަން ބަލާފައި އެންމެ ރަނގަޅު ބަޔަކަށް ޓިކެޓު ދިނުމަށް ހަމަޖެހިފައި ވަނީ. ކޮންމެ ކޮންމެ މީހަކަށް ޓިކެޓު ނުލިބޭނެ،” ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވެފައި ވެއެވެ.

ޖޭޕީގެ ޓިކެޓް ދިނުމުގެ ކަންތައްތައް ކުރުމަށް އެޕާޓީގެ ކައުންސިލުން ވަނީ 5 މެންބަރުންގެ ކޮމެޓީއަކާއި ހަވާލުކޮށް ފައެވެ. އެޕާޓީގެ ފަރާތުން ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ޙާލަތެއް މެދުވެއްރިވެއްޖެ ނަމަ އެ ކަން ކަނޑައަޅާނީ ވެސް އިއްޔެ އެކުލަވާލި ފަސް މެމްބަރުންގެ ކޮމިޓީން ކަމަށް ގާސިމު ވިދާޅުވިއެވެ.

ނަމަވެސް އެޕާޓީގެ ރާގަށް ބަލާއިރު ޕްރައިމަރީ ބޭއްވުމަށް ވުރެން ކައިރީ ނުބޭއްވުން ކަމަށް ބެލެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !