A wide advertisement which will be shown on all devices. (700 x 100)

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ތިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު 2019 ކާމިޔާބުކުރި ކަނބަލުން

ފާއިތުވި ހޮނިހިރު ދުވަހު ބޭއްވުނު ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރުން ހޮވުމަށް ބޭއްވި އިންތޚާބުގެ ދާއިމީ ނަތީޖާ އިއްޔެ އިއުލާން ކޮށްފިއެވެ. އިއްޔެ އިއުލާން ކުރި ދާއިމީ ނަތީޖާއާއި ކުރިން އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާގެ އެއްވެސް ތަފާތެއް ނެތެވެ.

މިއަދުން ފެށިގެން 3 އަހަރުގެ މުއްދަތަށް ފުވައްމުލަކުގެ އިންތިޚާބީ ކޮންމެ ދާއިރާއަކުން އަންހެން އެއް ބޭފުޅަކު ވޯޓުން މިވަނީ ހޮވިފައެވެ. މި ބޭފުޅުންނަށް މަގާމު ހަވާލުކުރެއްވުން ބާއްވާނެ ވަކި ދުވަހެއް ސިޓީ ކައުންސިލުން އަދި ހާމަކޮށްފއެއް ނުވެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓު ދިފައިވަނީ ނިސްބަތުން މަދު ބައެކެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 4282 މީހުންގެ ތެރެއިން ވޯޓު ލާފައި ވަނީ 1519 މީހުންނެވެ. އެއީ އެންމެ %35.5 އެެވެ.

އތމ ކޮމެޓީއަށް ހޮވުނު މެންބަރުންނަށް ލިބުނު ވޯޓު 2019

ނިސްބަތުން އެންމެ ގިނަ މީހުން ވޯޓު ލާފައި ވަނީ މާލެގަމު އަވަށާއި ދޫނޑިގަމު އަވަށުންނެވެ. އެ ދެ އަވަށުން  %43.4 އާއި %43.1 އަންހެނުން ވޯޓު ލާފައި ވެއެވެ.

ވޯޓު ލީ ނިސްބަތް

ދަޑިމަގު  %23.4

ދިގުވާނޑު %29.6

ހޯދަޑު %30.9

މާދަޑު %36.8

މިސްކިތްމަގު %38.7

މާލެގަން %43.4

ފުނާޑު  %38.0

ދޫނޑިގަން %43.1

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !