އިސްލާމިކް މިނިސްޓްރީގެ ނާއިބު ކަމަށް މާދަޑ،ު ނަޒ،ާ ޝާފިޢު އަލީ (ރަންރިޔާލަގެ) އައްޔަން ކުރައްވައިފިއެވެ. މީއީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ގެ ސަރުކާރަށް ފުވައްމުލަކުން އައްޔަން ކުރެވުނު 8 ވަނަ ސިޔާސީ މަގާމެވެ.
މި އީ އަދާލަތު ޕާޓީގެ ސްލޮޓެކެވެ. މި އީ އެޕާޓީން ފުވައްމުލަކަށް ނިސްބަތް ވާ 3 ވަނަ ސިޔާސީ މަގާމެވެ.
ޝާފިޢު އަކީ ތައުލީމީ ދާއިރާގައި ގައުމީ ޔުނިވަރސިޓީން ބެޗެލަރ އޮފް ޓީޗިން (ސެކަންޑަރީ) ފުރިހަމަކޮށް ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވާ ފަރާތެކެވެ. އަދި އެ މަރުކަޒުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައި ވެސް ޝާފިޢު މަސައްކަތް ކުރައްވާފައި ވެއެވެ.
ޝާފިއުއަކީ ފުވައްމުލަކުގައި އަދާލަތު ޕާޓީގެ ހަރަކާތްތަކުން ފެންނަ ފަރާތެކެވެ.
ޝާފިއުގެ ސިޔާސީ މަގާމާއެކު މި ކޯލިޝަން ސަރުކާރުގައި ފުވައްމުލަކަށް ނިސްބަތްވާ އިސް މަގާމުތަކުގެ 8 ބޭފުޅުން ހިމެނުނީ އެވެ.
ކިޔާލުމަށް: މިސަރުކާރުގައި ހިމެނޭ ފުވައްމުލަކަށް ނިސްބަތްވާ އިސް މީހުން
ޚިޔާލުތައް