A wide advertisement which will be shown on all devices. (700 x 100)

އިދިކޮޅު ޕީޕީއެމް ކޯލިޝަނުގެ ހިނގާލުމެއް ފުވައްމުލައް ސިޓީގައި މިއަދު ބާއްވައިފި

މިއަދު ފުވައްމުލައް ސިޓީގައި ބޭއްވި ޕީޕިއެމް ހިނގާލުމުގެ ފޮޓޯއެއް. ފޮޓޯ އަބްދުﷲ ޖަމީލު-އެފްބީ

އިދިކޮޅު ޕީޕީއެމް ކޯލިޝަނުންގެ ހިނގާލުމެއް ފުވައްމުލައް ސިޓީގައި މިއަދު ހަވީރު ބާއްވައިފިއެވެ. މިއަދު ހަވީރު ފުވައްމުލައް ސިޓީ ނައިބުތުއްތުމަގުގައި ކުރިޔަށް ގެންދިޔަ މިހިނގާލުމުގައި ޕީޕީއެމްގެ ގިނަ ސަޕޯޓަރުން ބައިވެރިވެފައި ވެއެވެ.

މިއަދުގެ ހިނގާލުމުގައި ވެސް ޕާޓީ ކުލައިގެ ބަދަލުގައި ބޭނުންކުރީ ގައުމީ ކުލައަށް ނިސްބަތްވާ ރަތް ކުލައިގެ ޓީޝަޓެވެ. މިއަދުގެ ހަރަކާތުގެ ނަމަކަށް ދީފައިވަނީ ރަށު ވިންދުއެވެ. އަދި ޓީޝަޓްތަކުގައި ބޭނުންކޮށްފައިވާ އިބާރާތަކީ “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” އެވެ.

މިއަދު ފުވައްމުލައް ސިޓީގައި ބޭއްވި ޕީޕިއެމް ހިނގާލުމުގެ ފޮޓޯއެއް.

މިއަދުގެ ހިނގާލުމުގެ ކުރީ ސަފުން ފެނިގެން ދިޔައީ ޕީޕީއެމް އަށް ނިސްބަތްވާ ފުވައްމުލައް ސިޓީގެ ކައުންސިލް ދެ މެމްބަރުންނާއި ޕީޕީއެމްގެ ލިޑާޝިޕްގެ ބޭފުޅުންގެ ތެރެއިން މިހާރު ފުވައްމުލައް ސިޓީއަށް ވަޑައިގެން ތިއްބެވި ބޭފުޅުންނާއި ފުވައްމުލައް ސިޓީގައި ޕީޕީއެމް ހަރަކާތްތަކުން ކުރިން ވެސް ފެންނަ މީހުންނެވެ. ކުރިން ވެސް ހީކުރެވިފައިވާ ގޮތަށް މިހާރު ރަސްމީ ދަތުރެއްގައި ފުވައްމުލައް ސިޓީއަށް ޒިޔާރަތްކޮށްގެ އުޅުއްވާ މާލޭ ސިޓީ ކައުންސިލް ޕީޕީއެމް މެމްބަރުން މިއަދުގެ ހިނގާލުމުން ކުރީ ސަފުގަިއ ބައިވެރިވެފައި ވެއެވެ.

މިއަދުގެ ހިނގާލުމުން ފެނުނު ޕީޕީއެމްގެ އިސް ހަރާކާތްތެރިންގެ ތެރޭގައި ވަޖީހު – ދަޑިމަގު އާއި އަހުމަދު ސައީދު (ދިގުވާޑު) އާއި އަހުމަދު ހުސޭން (ހޯދަޑު)އާއި އަސްލަމު (މާދަޑު) އާއި އަބްދުﷲ މުހައްމަދު ތަރާނާ- މިސްކިތްމަގު އާއި މުހައްމަދު މޫސާ – ފުނާޑު ހިމެނއެވެ.

މި ހިނގާލުމުގައި އަންހެނުންނާއި ފިރިހެނުން ވެސް ބައިވެރިވެފައި ވެއެވެ.

ޕީޕީއެމް އިސް ހަރަކާތްތެރިންގެ ބައްދަލުވުމެއް

ޕީޕީއެމްގެ ލީީޑާޝީްގެ 3 ބޭފުޅަކުވަނީ އިހައްދުވަހު ފުވައްމުލައް ސިޓީއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވެި ޕީއެންސީގެ ރައީސް އަބްދުއްރަހީމު (އަދުރޭ) އާއި ގުރާދޫ ދާއިރާގެ އެމްޕީ ޣައްސާނު މައުމޫނާއި މަޑުއްވަރީ ދައިރާގެ އެމްޕީ އާދަމް ޝަރީފު ހިމެނއެވެ. ފުވައްމުލައް ސިޓިަގއި ތިބި ޕީޕީއެމް ސަޕޯޓަރުންގެ ގެތެކަށް މިބޭފުޅުން ޒިޔާރަތްކޮށް ސަޕޯޓަރުންނާއި ބައްދަލުކޮށްފައި ވެއެވެ.

ޕީޕިއެމް މެމެބަރުގެގެ ގެއަށް ޒިޔާރަތް ކުރުން

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !