ރައީސް ސޯލިހުގެ ކެމްޕޭން ދަތުރާއި ދިމާކޮށް އިދިކޮޅު ޕިޕީއެމް އިން މުޒާހަރާ ކޮށްފި

އިއްޔެ ޕީޕީއެމް އިން ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ކުރި މުޒާހާރާ
Share on facebook
Share on twitter
Share on google

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ދަތުރުފުޅާއި ދިމާކޮށް އިދިކޮޅު ޕިޕީއެމްއިން ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި އިއްޔެ މުޒާހަރާ ކޮށްފިއެވެ.

ޕީޕީއެމްގެ ގިނަ އަންހެން މެމްބަރުންތަކެއް ނުކުމެ މުޒާހަރާ ކުރީ ދާދީ ފަހުން ކްރިމަނަލް ކޯޓުން ކުރީގެ ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯނޑަރިންގެ ކުށް ސާބިތުވެ ހުކުމް ކުރުމާއި ގުޅިގެން އެކަން ބަލައިނުގަނެވިގެންނެވެ.

އިއްޔެ ޕީޕީއެމް އިން ފުވައމްުލކު އެއާޕޯޓް ސަރަހައދުގައި ކުރި މުޒާހާރާ

ރައީސް ސޯލިހު ފުވައްމުލައް ސިޓީ އަށް ކުރެއްވި މިދަތުރުފުޅަކީ ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރަމަރީގައި ކެމްޕޭނުކޮށް ތާއިދު ހޯދުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސް ސޯލިހުގެ ކެމްޕޭން ޖަގަހައެއް ހުޅުވުން ރޭ ބާއްވާފައި ވެއެވެ.

އިއްޔެ ހަވީރު ޕީޕީއެމްއިން ކުރި މުޒާހަރާގައި ރައީސް ސޯލިހުގެ ސަރުކާރަށް ފާޑުކިޔައި ތަފާތު އިބާރާތްތައް ލިޔެފައިވާ ބެނާ ތަކާއި ޕޯސްޓަރުތައް ހިފައިގެން މުޒާހަރާގެ މެމެބަރުން ތާރުމަގުގެ އެއްފަޅީގައި އެތުރިގެން ތިއްބެއެވެ. އެގޮތުން ތިބި ތިބުމުގައި އަޑުގަދަކުރާއިންނާއި އެކި ގޮތްގޮތުން މިސަރުކާރު އިސްތިއުފާ އަށް ގޮވުމާއި ރައީސް ޔާމީނު ޖަލުން ދޫކޮށްލުމަށް ގޮވާލައި އަޑުއުފުލާފައި ވެއެވެ.

އިއްޔެ ޕީޕީއެމް އިން ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ކުރި މުޒާހާރާ

“ރައީސް ޔާމީން މިނިވަންކުރޭ”، “ރައީސް ޔާމީނު ދޫކޮށްލާ”، “އިންޑިއާ ޕަޕެޓް އިސްއިއުފާ” ފަދަ އިބާރާތްތަކުން ގޮވުމާއި ބެނާގައި ލިޔެފައި ވެއެވެ.

އިއްޔެ ގެ މުޒާހަރާގައި ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ޕީޕީއެމްގެ ގިނަ މެމްބަރުން މުޒާހަރާގައި ބައިވެރިވެފައިވެއެވެ. މުޒާހަރާގައި ގިނައީ އަންހެނުންނެވެ.

4.7/5.0 Article rating
3 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments