A wide advertisement which will be shown on all devices. (700 x 100)

މަލީހު ޕީޕީއެމް އިން ސަސްޕެންޑްކޮށް ސުލޫކީ ކޮމިޓީއަށް

ޕީޕީއެމް ސެނެޓް މެންބަރެއްގެ ގޮތުގައި ހުރި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޕީޕީއެމް އިން ސަސްޕެންޑްކޮށްފިއެވެ. ޕީޕިއެމްގެ ދެ ނާއިބު ރައީސުންކަމަށްވާ މުހައްމަދު ޚައްސާން މައުމޫނާއި އަހުމަދު ޝިޔާމު ސޮއެކޮށް މަލީހަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި މަލީހު ޕީޕީއެމް ބަދުނާމުކޮށް، ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށާއި އެކަންކަމަށް ބަލައި ޕާޓީގެ ހަރަކާތްތަކުން މަލީހު ސަސްޕެންޑުކޮށް، އޭނާގެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ވެއެވެ.

އެ ސިޓީގައި، މިވަގުތުން ފެށިގެން ޕާޓީގެ ސުލޫކީ ކޮމިޓީން ގޮތެއް ނިންމަންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި މަލީހު އެއްވެސް ގޮތަކަށް ބައިވެރިވެވަޑައިގެން ނުވާނެ ކަމަށް ވެސް އަންގާފައިވެ އެވެ. އެސިޓީގައި މަލީހަށް ތުހުމަތުކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޕާޓީގެ ލީޑާޝިޕަށް ނުވަތަ ސެނެޓަށް އެންގުމެއް ނެތި އަމިއްލައަށް ކޮމިޓީތައް އުފެއްދެވުމާއި، ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީގެ ލީޑާޝިޕް ނުވަތަ ސެނެޓުގެ މަޝްވަރާއެއް ހޯދުމެއް ނެތި، ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވައި އެ ބައްދަލުވުން ލީޑުކުރެއްވުންވެސް ހިމެނެއެވެ.

މަލީހު ޕީޕީއެމް އިން ސަސްޕެންޑްކުރުމާއި ވިދިގެން ފޭސްބުކު ސްޓެޓަސްގައި މަލީހު ލިޔެފައިވަނީ ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާޢުގައި މިކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެކަމަށާއި ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރާ ފިނޑިންކުރިމަތީ ބޯތިރި ނުކުރާނެކަމަށެވެ.

+1
4
+1
1


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !