A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ފެން ބޮޑުވެ ކާނުތައް ހުޅުވައިފި

ދަޑިމަގު އާރުން ފެން ބޭރުކުރުމަށް ހުޅުވަނީ. ފޮޓޯ ފުވައްމުލައް ސިޓީ ކައުންސިލް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފުވައްމުލަައް ސިޓީގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމައްޓަކައި ކާނުތައް (އާރޮ) ހުޅުވައިފިއެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި މިހާރު ވަނީ ހޯދަޑު އާރާއި މާލެގަމު އާރއިން ފެން ބޭރުކުރަން ފަށާފައެވެ. އަދި މިހާރު މައްސަކަތް ކުރަމުން ދަނީ ދަޑިމަގު އާރޮ ވެސް ހުޅުވުމަށެވެ. އާއްމު ގޮތެއްގައި ފުވައްމުލަކުގެ ކާނުތައް ހުންނަނީ ބަންދުކުރެވިފައެވެ. ފެން ބޭރުކުރަން ބޭނުންވުމުން ކޮންމެ ފަހަރަކު ވެސް ކާނުތައް ހުޅުވަނީއެވެ.

ފުވައްމުލަކުގައި ފެން ބޮޑުވުމުން ކޮންޓްރޯލް ކުރުމަށް އާއްމުުކޮށް މިހާރު ބޭނުންކޮށް އުޅެނީ 3 އާރޮ (ކާނު) އެވެ. ކާނުތައް ހުޅުވުމުން އާއްމު ދަތުރުފަތުރަށާއި ހިނގާ ބިގާވެ އުޅުމަށް ލުއިތަކެއް ލިބިގެން ދެއެވެ. ނަމަވެސް ފެންގަނޑު އެއްކޮށް ހިންދާލުމަށް ނުވަތަ ބޭރުކުރުމަށް ގިނަ ދުވަސްތަކެއް ނަގައެވެ.

އެހެން ދިމާވަނީ ފެން ހިންދުމަށް ނުވަތަ މޫދަށް ބޭރުކުރުމަށް ރަނގަޅު ނިޒާމެއް ގާއިމުވެފައި ނެތުމުންނެވެ.

ފެން ހިނދުން ލަސްވި ކަމުގައި ވިޔަސް ގިނަ ބަޔަކު ބުނަނީ ބޮޑަށް ރަނގަޅީ، ރަށުން ފެން ބޭރުކުރުމަށް ވުުރެ ރަށަށް ފެން ހިންދުން ކަމަށެވެ.

ފުވައްމުލަކުގައި ފެން ބޮޑުވެފައި. ފޮޓޯ: އިބްރާހިމް ޝަމީމު

އިރުވައި މޫސުމުގައި ހޯދަޑު އާރާއި މާލެގަމު އާރު ހުޅުވުމުން، އޮޅުތަކަށް ލޮނު ވައްދަފާނެތީ ވިސްނަން ޖެހެއެވެ. އޮޅުތަކަށް ލޮނު ވަދެއްޖެ ނަމަ އަލަގަސް (އަލަ ބިހި) ތައް މަރުވެއެވެ. ވުމާއެކު ގިނަ ފަހަރަށް އިރުވައި މޫސުމުގައި ހޯދަޑު އާރާއި މާލެގެމު އާރު ހުޅުވަނީ ކަނޑުގެ ދިޔަވަރަށް ބަލައިގެން ވަކި ގަޑިތަކެއްގައި ހުޅުވާ ބަންދު ކުރާ ގޮތަށެވެ.

ފުވައްމުލައް އުފެދިފައިވާ ގޮތުން ރަށުގެ ވަށައިގެން އަރިމަތިން އުސްވެފައި މެދަށް އަޑިކޮށް އޮތުމުން ރަށަށް ވެހޭ ވާރޭ ފެންތައް ރަށުގެ ހުރިހާ ދިމާލަކުން ވެސް މެދުގެ ތިރި ހިސާބުތަކަށް ޖަމާވެ ފެން ބޮޑުވެ، މަގުތަކާއި ގޯތި ތަކުގައި ފެން ބޮޑުވުމާއި ކުރިމަތިލާން ޖެހެއެވެ. މިކަން ގިނަ ފަހަރަށް ހައްލު ކުރަނީ ފުވައްމުލަކުގެ 4 ސަރަހައްދެއްގައި ފެން މޫދަށް ބޭރުކުރުމަށް ހަދާފައިވާ ކާނުތައް ހުޅުވައިގެންނެވެ.

އިރުވައި މޫސުމާއި ހުޅަނގު މޫސުމުގައި ވެސް ފުވައްމުލަކުގައި ފެންބޮޑު ވުމާއި ކުރިމަތި ލާންޖެހެއެވެ. އެގޮތަށް ބަލައިގެން އެފްއޭއޯ (އ.ދ ގެ ފޫޑް އެންޑް އެގްރިިކަލްޗަރަލް އޯގަނައިޒޭޝަން) ގެ އެހީގައި ފުވައްމުލަކުގެ އިރު-އުތުރު ބިތާއި ހުޅަނގު-ދެކުނު ބިތުން ވަނީ ފެން ބޭރުކުރުމަށް 4 ކާނު (އާރޮ) ހަދާފައެވެ. ނަމަވެސް އެއަރޕޯރޓް ހެދުމާއެކު ފުނާޑު- ދޫނޑިގަން ހިސާބުގައި ވާ އާރު ބޭނުން ނުކުރެވޭގޮތަށް ވަނީ ބަންދުކުރެވިފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ރަށިމީހާ

    މިއަދު ކާނުހުޅުވުމުގެ މަސައްކަތަކީ ވަރައްޒިއްމާދާރުކަން ކުޑަކޮށް ކޮށްފައިވާމަސައްކަތެއްކަން ފާހަގަކުރެވެއެވެ ސަ ބަބަކީރަށުގެފަސްގަޑު (ހޭޅިފަށް)ކޮނެތިރިކޮށްގެން މަސައްކަތް ކުރުމެވެ މިގޮތަށްލޯޑަރުން ކާނުހުޅުވުމުގެމަސއްކައްމިހާތަނަށްކޮށްފައެއްނުވެއެވއ