A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީގެ ގްރޭޑް 11 ގެ ޖާގައަށް ހުޅުވާލައިފި

ޏ.އޭއީސީން ދިރާސީ އައު އަހަރަށް މަރުހަބާކިޔުން. 2019

މި ދިރާސީ އަހަރު ޏ. އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) ގެ ގްރޭޑް 11 އަށް ދަރިވަރުން ވައްދަން ޖާގައަށް ހުޅުވާލައިފިއެވެ. މިމަހު 20 ވަނަ ދުވަހު ހުޅުވާލި މުއްދަތު ހަމަވާނީ މާދަމާ (ބުރާސްފަތި) އެވެ.

ޏ.އޭއީސީގެ ގްރޭޑް 11 އަށް ވަނުމަށް ހުޅުވާލާފައި ވަނީ އޭލެވެލް އިމްތިހާނަށް ކިޔެވުމަށާއި ޕިއަރސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ޑިޕްލޮމާ އަށް ކިޔެވުމުގެ ފުރުސަތަށެވެ.

އޭލެވެލް އަށް ކިޔެވުމަށް މަދުވެގެން އޯލެވެލް 4 މާއްދާއިން ސީ ގްރޭޑަށް ވުރެ މަތިން ފާސްވާން ޖެހެއެވެ. އަދި އިޚްތިޔާރުކުރާ ސްޓްރީމަކުން 3 މާއްދާއި ސީ ފާހާއި އިތުރު 1 ސީ ފާހާއި އެކު އެސްއެސްސީ އިސްލާމް ނުވަތަ ދިވެހިން ކުރެ އެއް މާއްދާއިން ސީ ފާސް ލިބެން ޖެހެއެވެ. ޖުމްލަ 5 މާއްދާއިން ސީ ފާސް ލިބިގެން ނޫނީ އޭލެވެލްގެ ޝަރުތު ހަމަނުވާކަމަށް ވެއެވެ.

ޕިއަރސަން ބީޓެކް ލެވެލް 3 ޑިޕްލޮމާގެ އެކްސްޓެންޑެޑާއި އާއްމު ޕްރޮގްރާމަށް ވަންނަން ޕިއަރސަން ބީޓެކް ލެވެލް 2 ފާހެއް އޮތުން ނުވަތަ އޯލެވެލް /އެސްއެސްސީ ހިމަނައިގެން ޖުމްލަ 4 މާއްދާއިން ސީ ފާސް ލިބިގެން ޝަރުތުގެ ހަމަވެއެވެ.

ހަޔަރ ސެކަންޑަރީއަށް ރަށުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލިއިރު ފާއިތުވި އަހަރުގެ އޯލެވެލް އަދި އޭލެވެލް ނަތީޖާ ވެސް މިވަނީ ދަރިވަރުންނަށް ލިބިފައެވެ.

ރަށު ތެރެއިން ލިބޭ މައުލޫމާތު ތަކަށް ބަލާއިރު މިފަހަރު އޯލެވެލް ގަދަ 10 ގައި ހިމެނެނީ ޏ.އޭއީސީގެ އެންމެ ދަރިވަރެކެވެ. އެއީ ވެސް ކޮން ވަނެއެއްގައި ހިމެނޭ ދަރިވަރެއްކަން ވެސް އެގޭގޮތެއް ނުވެއެވެ. ނަމަވެސް މުޅި ރާއްޖެއިން 370 އަށް ވުރެ ގިނަ ދަރިވަރުން މިފަހަރު ގެ ނެޝެނަލް ޓޮޕް ޓެން ގައި ހިމެނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ފާއިތުވި އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާއާއި ގުޅޭގޮތުން ސުވާލުކުރުމުން ޏ.އޭއީސީން ޖަވާބެއް ނުދެއެވެ. ފާއިތުވި ދެ އަހަރުވެސް އޯލެވެލް އިމްތިހާނުގައި ޏ.އޭއީސީގެ ނަތީޖާއާއި މެދު އެއްޗެއް ބުނަން އެސްކޫލުގެ މެނޭޖުމަންޓުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

ސްކޫލުން ނަތީޖާއާއި މެދު އެއްޗެއް ނުބުނާއިރު އެސްކޫލުގެ މައުލޫމާތުތައް އާއްމު ކުރާ ފޭސްބުކް ޕޭޖްގައި ވެސް އޯލެވެލް އަދި އޭލެވެލް ނަތީޖާގެ އެއްވެސް މައުލޫމާތެއް ހިއްސާ އެއް ނުކުރާކން ފާހަގަ ވެއެވެ. ވުމާއެކު ރަށުތެރޭގައި ސްކޫލާއި މެދު ކިޔޭ ފާޑުކިޔުންތަކަށް ގިނަބަޔަކު ބުރަވެއެވެ.

ކުރިން ރަނގަޅު ނަތީޖާތަކެއް ހޯދައި ގައުމީ ފެންވަރުގައި ވާދަކުރަމުން އައި ޏ.އޭއީސީގެ ކިޔަވައިދިނުމާއި މެދު ގިނަބައެއްގެ މެދުގައި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ފުވައްމުލަކުގެ އެތައް ބަޔަކު އެސްކޫލާއި މެދު އިތުބާރު ކުޑަވެ ދަރިވަރުންނަށް ރަނގަނޅު ތައުލީމެއް ހޯދުމަށް ރަށް ދޫކޮށް މާލެއަށް ހިޖުރަކުރަމުން އާދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ާަައލ

    7 ދަރިވަރުން ހިމެނުން ގަދަ10ކި

  • ޙދޖ

    7ދަރިވަރުން ގަދަ 10 ހިމެނުން