A wide advertisement which will be shown on all devices. (700 x 100)

ޣާޒީމަގުގައި މުޑިއަރައި ދުވަސްވީ މީހަކަށް އަނިޔާ ވެއްޖެ

ފުވައްުމުލައް ސިޓީގައި ގާއަލާއިގެން ހަދާފައިވާ ހަމައެކަނި މަގު. - ޣާޒި މަގު

މިއަދު ހަވީރު ފުވައްމުލަކު ޣާޒީމަގު (ހެރަހަ މަގޮ) ގައި މުޑިއެރުމެއް ހިނގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާ ވެއްޖެއެވެ. މިއަދު ހަވީރު 5 ހާއިރު މިމުޑިއެރުން ހިނގާފައި ވަނީ ޣާޒީމަގުގެ މެއްދެއްހާ ހިސާބުން، މިސްކިތްމަގު ބިނާ ހިސާބުން ކަމަށް މައުލޫމާތު ލިބެއެވެ.

މި މުޑިއެރުމުގައި އަނިޔާވި އުމުރުން 65 އަހަރުގެ މީހާއަށް ވަނީ ފުވައްމުލަކު ހަސްފަތާލުގައި ފަރުވާދީފައެވެ. އަނިޔާވި އުމުރުން ދުވަސްވީ މީހާ އިނީ ސައިކަލުގެ ފަހަތުގައެވެ. ނަމަވެސް ސައިކަލް ދުއްވަން އިން މީހާއަށް އަދި ކާރު ދުއްވަން އިން މީހާއަށް ވެސް މި މުޑިއެރުމުގައި އަނިޔާވެފައި ވާކަން އެގޭކަށް ނެތެވެ.

ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި މުޑިއަރާފައިވާ ކަމުގެ މައުލޫމާތު ފުލުހުން މީޑިއާއަށް ދީފައި ވެއެވެ.

ފުވައްމުލަކުގައި ގާއަޅައިގެން ހަދާފައިވާ މިމަގުގައި މަދުމަދުން މުޑިއެރުންތައް ހިނގައެވެ. މިމަގުގެ އެކި ހިސާބުތަކުގައި ދުވެލި މަތަވެސް ހަދާފައި ހުރެއެވެ. މިއީ ގާތްގަޑަކަށް 1 ކިލޯމީޓަރުގެ ދިގު މަގެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !