މިހާރު ކުޅެވެމުންދާ އައިބޭ ކަޕް 17 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް މިސްކިތްމަގު އ.ގ ޓީމާއި ދޫނޑިގަލޯނާ ޓީމު ހޮވިއްޖެއެވެ.
މިސްކިތްމަގު ޓީމު ފައިނަލަށް ހޮވުނީ މުބާރާތުގެ ސެމީ ފައިނަލު ފުރަތަމަ މެޗުގައި ބޮޑުތަފާތަކުން ދޫނޑިގަމު 2ވަނަ ޓީމު، ދޫނޑިގަލޯނާ ޖުނިއަރ ޓީމު ބަލިކޮށްގެން ނެވެ. އެމެޗުގެ ސްކޯ އަކީ 10-3 އެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ދިޔަ މިޓީމު ބެލެވެނީ މުބާރާތުގެ ފޭވަރިންގެ ގޮތުގައެވެ.
ސެމީފައިނަލުގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ދަޑިމަގު “ކައިށި މުޑޭށި” ޓީމުގެ މައްޗަށް ދޫނޑިގަލޯނާ ޓީމުން ކުރި ހޯދީ 7-9 ންނެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ މަދަމާ ހަވީރު 4:30 ގައި ދަނޑިމަގު ފުޓުސަލް ދަނޑުގައެވެ.
މުބާރާތުގެ ރަން ބޫޓަށް ވާދަކުރަނީ 10 ގޯލު ޖަހައިގެން ދޫނޑިގަލޯނާ ޓީމުގެ ޝިމާއު އާއި މިސްކިތްމަގު އ.ގ ޓީމުން ނިހާން އާއި “ކައިށިމުޑޭށި” ޓީމުގެ އަޖްޒަލް އެވެ. އަދި 8 ގޯލު ޖަހައިގެން މިސްކިތްމަގު އ.ގ ޓީމުގެ ޝިއާއު އާއި 7 ގޯލުން ނާމީއެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމާށާއި ރަނަރަޕް ޓީމަށް އަދި ފެއަރ ޕްލޭ ޓީމަށް މެޑެލާއި ޓްރޮފީ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނާއި ފެއަރޕްލޭ ކްޅުންތެރިޔާއަށް ވެސް އިނާމާއި ޓްރޮފީ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ޚިޔާލުތައް