A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އުތުރު ދާއިރާއަށް ހަސަން އަބްދުﷲ އަމިއްލަ ގޮތުން ވާދަކުރަނީ

ކޭ-ހަސަން އިންތިާޚބުގައި ވާދަކުރުމަށް ފޯމު ހުށަހަޅަނީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ފުވައްމުލަކުލަކު އުތުރު ދާއިރާއަށް ހޯދަޑު ކާމިީނީގެ ހަސަން އަބްދުﷲ ކުރިމަތިލުމަށް މިއަދު ފޯމު ހުށަހަޅައިފިއެވެ.

ހަސަން އަބްދުއްﷲ (ކޭ-ހަސަން) އަކީި ޕީޕީއެމް-ޕީއެންސީ ޕްރައިމަރީގައި ވާދަކުރި ފަރާތެކެވެ. ނަމަވެސް ފަހުން އެޕްރައިމަިރީ ނުބާއްވާ ގޮތަށް އެޕާޓީން ވަނީ ކަނޑައަޅާފައެވެ.  ކޭ-ހަސަން އަކީ ޕީޕީއެމްގެ ފުވައްމުލަކު އުތުރު ދާއިރާގެ އެކްޓިވިސްޓެކެވެ. ޕީޕީއެމުން އެދާއިރާއަށް ވާދަ ނުކުރަން ނިންމުމުން އެކަމާއި ހިތްހަމަ ނުޖެހި އަމިއްލަ ގޮތުން އޭނާ ވާދަކުރަން ނިންމީކަމަށް މައުލޫމާތު ދީފައި ވެއެވެ.

ކޭ-ހަސަން އާއެކު ޕީޕީއެމް-ޕީއެންސީ ޕްރައިމަރީގައި ވާދަކުރި އިބްރާހިމް ރަޝީދު (ރައްޓޭ) ހާމަކުރާ ގޮތުން ރައީސް ޔާމީނު ވަނީ ޕީޕީއެމަށް ހެޔޮއެދޭ އެއްވެސް ކެންޑިޑޭޓަކު ފުވައްމުލަކު އުތުރު ދާއިރާއިން މިފަހަރު ނުނިކުތުމަށް އެދިފައެވެ.

އަދި ޕީޕީއެމުން ނިންމާފައި ވަނީ ޖޭޕީގެ ކެންޑިޑޭޓަށް ތާއިދު ކުރާ ގޮތަށެވެ. ނަމަވެސް ޖޭޕީގެ ކެންޑިޑޭޓަކު ވެސް އެދާއިރާގައި ނެތެވެ.

މިދާއިރާއަށް ދެން ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރަޝީދު (ދޮންބެ) އާއި އަމިއްލަ ގޮތުން ވާދަކުރާ މިހާރުގެ މަޖުލިސް މެންބަރު އަލީ ޝާހު އެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޭ-ހަސަން މަޖުލިސް އިންތިޚާބަށް ނެރެނީ އުތުރު ދާއިރާގައި ހިމެނޭ ޕީޕީއެމްގެ ސަޕޯރޓަރުންތަކެކެވެ. އެމީހުންގެ ވޯޓް އެމްޑީޕީ ކެންޑިޑޭޓަށް އަދި އަމިއްލަ ގޮތުން ވާދަކުރާ ޝާހު އަށް ދޭން ބޭނުން ނުވާތީ ނެރޭ ކެންޑިޑޭޓެކެވެ.

ކޭ-ހަސަންއަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށް އޭނާގެ ސަޕޯޓަރުން ވެސް ނުދެކެއެވެ. ނަމަވެސް އެމީހުންގެ ވޯޓުތައް އަޅަން މީހަކު ނެރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކޭ-ހަސަން ނެރުނީ ކަމަށެވެ.

އެމީހުންގެ ތެރޭގައި ހިނެނީ ހޯދަޑު އަވަށުގެ ޕީޕީއެމްގެ މަދު ސަޕޯޓަރުން ކޮޅަކާއި ދިގުވާނޑު އަވަށު ޕީޕީއެމް ސަޕޯރޓަރުން ކޮޅެއް ކަމަށް ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !