A wide advertisement which will be shown on all devices. (700 x 100)

ހުޅުމާލޭގައި ދިރިއުޅުއްވާ ދާއިރާގެ މީހުންނާއި މުހައްމަދު ރަޝީދު (ދޮންބެ) ބައްދަލު ކުރައްވައިފި

ރޭ ހުޅުމާލޭގައި ފުވައްމަލަކު އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރަޝީދު ބޭއްވި

ކުރިޔަށް އޮތް ރައްޔިތުން މަޖުލިސް އިންތިޚާބުގައި ފުވައްމުލަކު އުތުރު ދާއިރާއި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރަޝީދު (ދޮންބެ) ހުޅުމާލޭގައި ދިރިއުޅުއްވާ އެދާއިރާގެ ރައްޔިތުންނާއި ރޭ ބައްދަލު ކުރައްވައިފިއެވެ. ހުޅުމާލޭ ބްރެޑްމެޓަރސް ގްރީންގައި ދާއިރާގެ އެންމެހާ ރައްޔިތުންނަށް ބޭއްވި ބައްދަލުވުމުގައި އެދާއިރާގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވެއެވެ.

ރޭގެ ބައްދަލުވުން އިންތިޒާމު ކުރި ހުޅުމާލެ ދޮންބެ ކެމްޕޭން ޓީމުން ހާމަކުރި ގޮތުގައި މިއީ ދޮންބެގެ ފަރާތުންރައްޔިތުންނާއި ބައްދަލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގާ ހަރަކާތެކެވެ. އެގޮތުން މިހާތަނަށް ވަނީ ދާއިރާގެ ގިނަ ބަޔަކާއި ބައްދަލުކުރެވި އެ ރައްޔިތުންގެ އަޑުތައް އަހާފައިވާ ކަމަށް ހާމަކުރިއެވެ. ކެމްޕޭން ހަރަކާތްތަކުގެ ތެރޭގައި ދޮރުން ދޮރަށް ހިންގައި ބައްދަލުކުރި ގިނަފަރާތްތަކާއި ފޯނުން ބައްދަލުކުރި ފަރާތްތަކާއި ކަންމަތީ ބައްދަލުވުންތަކާއި ކޮފީ ކުޑަ ބައްދަލުވުންތަކުން ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކާއި ބައްދަލު ކުރެވިފައިވާ ކަމަށް ހާމަކުރިއެވެ.

އާއްމު ރައްޔިތުންގެ މަސައްކަތާއި ދިރިއުޅުމުގެ ކަންކަމުގައި ވަގުތު ހުންނަ ގޮތުން ބައްދަލުކުރަން އުނދަގޫވާ މަދު ފަރާތްތަކެއް ތިބުމާއެކު އެފަރާތްތަކުން ކެންޑިޑޭޓް މުހައްމަދު ރަޝީދު (ދޮންބެ) ބައްދަލު ކުރަން ބޭނުންވާތީ އެޓީމުން އިންތިޒާމުކުރި ޚާއްސަ ރޭގަނޑުގެ ހަފުލާއެއްކަމަށް ހާމަކުރިއެވެ.

މިހަފުލާގައި ބައިވެރިވިި ފަރާތްތަކާއި ދޮންބެ ވަނީ ބައްދަލުކޮށްފައެވެ. އަދި ހާޟިރީންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން، އޭނާއަށް (ކެންޑިޑޭޓް ނަމްބަރު 3. މުހައްމަދު ރަޝީދު) އަށް ވޯޓު ދިނުމަށް ވަނީ އެދިފައެވެ. އަދި އެކި މީހުންނާއި ބައްދަލު ކުރެވޭނީ އެކިގޮތްގޮތުން ކަމަށާއި މިއީ ވަރަށް ގިނަ ބަޔަކު ބައިވެރިވެގެން ހިންގޭ ހަރަކާތެއް ކަމަށް ހާމަކުރެއްވިއެވެ. އެގޮތުން ދޮންބެއަށް ތާއިދުކޮށް ކެމްޕޭންގަިއ ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރިއެވެ.

މިބައްދަލުވުމުގައި އާއްމުނަށް އާމުންގެ ފަރާތުން ވެސް ޝުއޫރު ފާޅުކުރުން އޮތެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ދޮންބެ ކެމްޕޭން ހަފުލާގެ ތެރެއިން

ރޭގެ ބައްދަލުވުމުގައި ފުވައްމުލަކު އުތުރު ދާއިރާގެ 3 އަވަށް ކަމުގައިވާ ދަޑިމަގު އަވަށާއި ދިގުވާނޑު އަވަށ ްއަދި ހޯދަޑު އަވަށުން ވެސް އަންހެނުންނާއި ފިރިހެނުން ބައިވެރިވެ ދޮންބެއަށް މަރުހަމާ ކިޔާފައިވެއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ 160 އަށް ވުރެ ގިނަ މީހުން މިފަހަރުގެ އިންތިޚާބުގައި ހުޅުމާލޭ ވޯގައި ބެެއްހެއްޓޭ ވޯޓު ފޮށްޓަށް ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައި ވެއެވެ.

ރޭ ހުޅުމާލޭގައި ދިރިއުޅޭ ފުވައްމުލަކު އުތުރު ދާއިރާގެ ރައްޔިތުންނާއި ކެންޑިޑޭޓް ންމަބަރު 3. މުހައްމަދު ރަޝީދު (ދޮންބެ) ބައްދަލު ކުރެއްވުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ހައްވަ

    މިއީ ދޮންބެ ނޫހެއްތަ؟ ޝާހުގެ ވާހަކަައަކަށް ފެންނަނީ މުޅިންވެސް އެންޓި ވާހަކަ. ހަމަހަމަކަމާއެކު ނޫސްވެރިކަން ނުކުރެވޭނަމަ މަހަށް ދާންވީނު! ނޯވޮންޑާ ވައި ދިސް ނިއުސް އިޒް ސޯ ފާ ބިހައިންޑް.