ރޭ މާލޭގައި ބޭއްވުނު ފުވައްމުލައް އެމްޑީޕީ އެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގެންފިއެވެ. ރޭގައި ބޭއްވުނު ޖަލްސާއަކީ ފުވައްމުލައް ސިޓީ އެމްޑީޕީ ކެންޑިޑޭޓުން މާލޭ ޖަގަހައިގައި ކޮންމެ ހަފުތާއަކު ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެކެވެ.

ރޭގެ މާލެ-ފުވައްމުލައް އެމްޑީޕީ ޖަގަހައިގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވާހަކަ ފުޅު ދައްކަވަނީ
ރޭގެ ޖަލްސާގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން ވާހަކަ ދެއްކެވީ އުތުރު ދާއިރާއިން ހޯދަޑު ހަނދަގެ ފާތިމަތު އބްދުﷲ އާއި މެދު ދާއިރާއިން ޒަހުރާ އާއި ހޯދަޑު ރިހިދޫލަގެ މުހައްމަދު ޝިހާބު އާއި ހޯދަޑު މައުނާ ހުޒާމު އެވެ.
ފާތިމަތު އަބްދުﷲ ވާހަކަ ދެއްކެވީ އެޖެންޑާ 19ގެ ފަޚުރުވެރި އާއިލާ އާއި ގުޅގޮތުންނެވެ. ބެލެނިވެރިން ރެއާއި ދުވާލު ބުރަ އެތައް މަސައްކަތެއް ކުރުމަށް ފަހު ދަރިވަރުންގެ ސްކޫލް ނިމޭއިރު މިތިބެވެނީ ދެން ކުރިޔަށް ދެވޭނެ ގޮތެއް ނެތިފައި ފާތިމަތު އަބްދުﷲ ވިދާޅުވިއެވެ. ލޯނަށް އެދުނަސް އެލޯނު ލިބެމުން ގޮސްފައި ވަނީ ވަކިބަޔަކަށް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓުން މަޖުލީހަށް ހޮވިއްޖެ ނަމަ އެޖެންޑާ 19 ގެ ދަށުން ގިނަ ދަރިަވރުންތަކަކަށް ރާއްޖޭއިން ބޭރުން މަތީ ތައުލީމު ހޯދުމަށް ލޯނު ލިބެގޮތް ހަމަޖެހިގެން ދާނެއެވެ. އަދި އެލޯނަކީ ޖީބަށް ބުރަނުވާ ގޮތަށް އިންޓަރެއްޓް %1 އަށް ކުޑަކުރެވި ކުރން ލޯން ދައްކަމުން އައި މުއްދަތަށް ވުރެ %50 މުއްދަތު އިތުރުކޮށް ދެއްކޭ ގޮތަށް ރޭވިފައިވާ ލޯނަކަށްވުމުން ރައްޔިތުްގެ ޖީބަށ ްވަރަށ ްބޮޑަށް ލުއިވެގެން ދާނެކަމަށް ހާމަކުރިއެވެ. މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ބިލްތައް މަޖުލީހުން ފާސްވެގެން ނޫނީ ފަޚުރުވެރި އާއިލާއެއް ދެމެހެއްޓެން ދެމެހެއްޓުމަކީ ދަތި އުނދަގޫ ކަމެއްކަމަށް ހާމަކުރިއެވެ. މިކަން ހާސިލު ކުރެވޭނީ ފުވައްމުލަކު އުތުރު ދާއިރާއިން ދޮންބެ (މުހައްމަދު ރަޝީދު) މަޖުލީހަށް ހޮވިގެން ކަމަށެވެ. ދާއިރާއަށް ތަރައްގީ ހޯދައްވައި ދެއްވުމަށް ދޮންބެ ރެއާއި ދުވާލު ރައްޔިތުންނަށްޓަކައި ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމަށް އެއްވެސް ބޭފުޅަކު ޝައްކު ނުފައްދަވާނެ ކަމަށް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ފާތިމަތު އަބްދުއްﷲ ވާހަކަ ދައްކަވަނީ
ދޮންބެގެ ކެމްޕޭނުގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން، މިއިންތިޚާބު ފަސޭހަކަމާއެކު ދޮންބެ ކާމިޔާބު ކުރައްވާނެ ކަމަށް ޖޯޝާއި ފޯރީގައި އަޑަށް ބާރުލާފައި ފާތިމަތު އަބްދުﷲ ހާމަކުރިއެވެ.
އެމްޑީޕީއަށް މަޖުލީހުގެ އަޣުލަބިއްޔަތު ލިބިގެން ނޫނީ މިފަދަ ގާނޫނުތައް ޖަމޖުލީހުން ފާސް ކުރެވެން ނެތްކަން އެނގެނީ މިހާރު އިބްރާހިމް މުހަައްމަދު ސާލިހުގެ ސަރުކާރަށް މަޖުލީހުގެ ތެރެއިން ދިމާވެފައިވާ ދަތި އުނދަގޫތަކުން ކަމަށެވެ. އުތުރު ދާއިރާގެ 3 އަވަށުން ވެސް މަސައްކަތްކޮށް މުހަމައްދު ރަޝީދު (ދޮންބެ) މަޖުލީހަށް ހޮވަން ޖެހޭ ކަމަށެވެ.
ޒަހުރާގެ ވާހަކާގައި ބަލާލާފައިވަނީ އެޖެންޑާ 19ގެ ދަށުން އެންމެ ކުޑަ އުޖޫރައާއި ގުޅޭ ގޮތުނެވެ. އެގޮތުން އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި އެކި ދާއިރާތަކުން ތަފާތު ގިންތި ތަކަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅިފައިވާ ކަމަށާއި އެގޮތުން އެންމް ދައްމުސާރައެއް ގެ ގޮތުގައި އެންމެ އާދައިގެ ވަޒީފާތަކުގައި ވެސ މަހަކު 600 ރުފިޔާ ޖެހޭނެ ކަމަށާއި ރިޒޯޓް ތަކުގެ އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި މަހަކު 10000 ރުފިޔާ ޖެހޭ ކަމަށް ޒަހުރާ ހާމަކުރިއެވެ.
ރައްޔިތުންގެ މަޖުލީހަކީ ނަޒާހަތްތެރި މަޖުލިހަކަށް ހެދުމަށްޓަކައި ފުވައްމުލަކުގެ ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ ވޯޓު ނުވިއްކާ މެންބަރަކު މަޖުލީހަށް ހޮވުމަށް ކަމަށެވެ. އެގޮތުން އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓަކު ވޯޓު ނުވިއްކާނެ ކަމަށާއި މެދު ދާއިރާއިން ކެންޑިޑޭޓް ނަމްބަރު 1 ހުސޭން މުހައްމަދުއަށް ވޯޓު ދިނުމަށ ްޒަހުރާ ގޮވާލިއެވެ.

ރޭގެ މާލެ-ފުވައްމުލައް އެމްޑީޕީ ކެމްޕޭން ޖަލްސާގެ ބައިވެރިން
ފުވައްމުލަކުގެ 8 އަވަށުގެ ދިގު މާޒީއަށް ބަލާއިރު މިފަހަރު މިއީ މިގެ ކުރިން ރައްޔިތުންގެ މަޖުލީހުން ފުރުސަތު ނުލިބިފަިއވާ 3 އަވަށަށް އެފުރުސަތު ދޭން ވީ ފަހަރު ކަމަށް ޒަހުފާ ފާހަގަ ކުރިއެވެ. އެގޮތުން އުތުރު ދާއިރާއިން ކެންޑިޑޭޓް ނަމަބަރު 3 މުހައްމަދު ރަޝީދ ނިސްބަތް ވާ ހޯދަޑު އަވަށާއިި މެދު ދާއިރާއި ހުސޭން މުހައްމަދު ނިސްބަތްވާ މާލެގަމު އަވަށާއިި ދެކުނު ދާއިރާއިން 3. މުހައްމަދު މުމްތާޒު ނި ސްބަތްވާ ދޫނޑިގަމު އަވަށަށް މީގެ ކުރިން މަޖުލީހުގެ ފުރުސަތު ލިބިފައި ނުވާކަމަށް ޒަހުރާ ހާމަކުރިއެވެ. ވީމާ މިއީ އެއަވަށްތަކަށް ހަމަހަމަ ފުރުސަތު ދޭން ވޯޓު ދޭން ވި ފަހަރު ކަމަށް ހާމަކުރިއެވެ.
ޝިހާބުގެ ވާހަކާގައި މާލޭގެ ކެމްޕޭން ހަރަކާތްތައް ރޭވިގެން ކުރިޔަށް ގެންދާ ގޮތްތައް ހާމަކުރިއެވެ. އެގޮތުން ކޮންމެ ރެއަކު ޖަގަހަ ހަރަކާތައް 8:30 ން ރޭގަނޑު 12:00 ޖަހަންދެން ކުރިޔަށް ގެންދެވޭ ކަމަށާއި އަދި ކޮންމެ ހުކުރު ދުވަހުގެ ރޭ 9:00 ގައި ޖަގަހަ ޖަލްސާ ކުރިޔަށް ގެންދެވޭނެ ކަމަށާއި އެއިގެ އިތުރުން ކޯލް ސެންޓަރުން ވޯޓު ދޭ ފަރާތްތަކަށް ގުޅާއި މައުލޫމާތު އެއްކުރަމުން ދާނެކަމަށާއި އަދި އެއްކުރެވޭ މައުލޫމާތަށް ބަލައި ކެންޑިޑޭޓާއި ބައްދަލުކުރުމަށް އެދޭ މީހުންގެ ކުޑަ ކޮފީ ބައްދަލުކުންތަކެއް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ހާމަކުރިއެވެ.
މީގެ އިތުރުން އުތުރުދާއިރާގެ ކެންޑިޑޭޓަށް ވޯޓު ދޭން ޖެހޭ ސަބުތަކުގެ ތެރޭގައި މުހަމއްމަދު ރަޝީދު (ދޮންބެ) އަކީ ނަޒާހަތްތެރި، ތެދުވެރި އިތުބާރުކުރެވޭތީ ކަމަށް ހާމަކުރިއެވެ. އަދި ދޮންބެއަކީ ރައްޔިތުްނނާިއ ގުޅެ ރައްޔިތުްނގެ މަސްލަހަތު އިސްކުރާނެ އަދި ރައްޔިތުންނާއި މަޝްވަރާ ކުރާނެ މީހެއްކަމަށާއި، ރައްޔިތުްނގެ ކަންކަމަށް އިޖާބަ ދޭ މީހެއްކަން މާޒީން ހާމަވެފައިވާ ކަމަށް ހާމަކުރިއެވެ. އަދި ދޮންބެއަސ ްވޯޓު ދޭން ވީ ދޮންބެއަކީ ޖަވާބުދާރީ ކުރެވޭނެ މީހެއް ކަމަށް ވާތީކަމަށް ފާހަގަ ކުރިއެވެ.
ފޯރިއާއެކު ކުރިތަށް ދިޔަ ޖަލްސާގައި އެންމެ ފަހުން ވާހަކަ ދެއްކެވީ މައުނާ ހުޒާމު އެވެ. ހުޒާމުގެ ވާހަކާގައި ވާފަގަ ކުރެއްވީ އެންމެންވެސް ބޭނުން ވަނީ ވަޒީފާއެއް ކަމަށެވެ. ފުވައްމުލަކުން ވަޒީފާގެ ފުރުސަތު ލިބެން މިއަދު ނެތީ ނުފޫޒުގަދަ މަގާމުތަކަށް އަޅުގަނޑުމެން ހޮވާފައިތިބި މީހުންގެ އިހުމާލުން ކަމަށް ހުޒާމު ހާމަކުރިއެވެ. އެގޮތުން މަޖުލީހަށް ހޮވި މީހުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފުވައްމުލަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އެމީހުން ރައްޔިތުންނާއި އަޅާލިނަމަ މިއަދު ފުވައްމުލަކު މީހުންގެ ހާލަތު ހުރި މިހިސާބަކު ނޫންކަމަށާއި އަޅުގނަޑުމެންގެ ރަށް އޮންނާނީ މިއަށްވުރެ ކުރީގައި ކަމަށް ހާމަކުރިއެވެ.

ރޭގެ މާލެ-ފުވައްމުލައް އެމްޑީޕީ ކެމްޕޭން ޖަލްސާގެ ބައިވެރިން
މީގެ 20 އަހަރު ފަހުން ނުވަތަ 30 އަހަރު ފަހުން ފުވައްމުލައް އޮންނާނެ ގޮތަކާއި މެދު އެންމެ ކޮންމެ ރައްޔިތަކުވެސް މިއަދު ވިސްނަން ޖެހޭ ކަމަށާއި ފުވައްމުލަކުގައި ވެސް ކަންތައތް ކުރެވިފައި އޮތީ އެކަމަށް ބަޔަކު ލޮބީކޮށް ކުރި މަސައކްތުން ކަމަށ ްވެއެވެ.އ ެގޮތުްނ ފުވައްމުލަކު އެއަރޕޯރޓާއި ފުވައްމުލަކު ޔޫތު ސެންޓަރާއި މިފަދަ ހުރިހާކަމަކީ ވެސް ސަރުކާރުގެ ތެރެއިންނާއި މަޖުލިސް ތެރެއިން ލޮބީ ކުރެވިގެން ކުރެވިފައިވާ ކަންތައްތައް ކަމަށް ހުޒާމު ފާހަގަ ކުރިއެވެ. އެގޮތުން މަޖުލިސް މެންބަރުންނަށް ކޮންމެ ބަޔަކު ހޮވިޔަސް ކަންތައް ކުރެވޭނީ ރައްޔިތުންގެ ވިސްނުންމާއ ފިކުރުން އެކަމަށް ޑިމާންޑް ކުރުން، ނުވަތ ލޮބީ ކުރުން އޮވެގެން ކަމަށެވެ. އެހެން ނޫނީ އެވާ ވައުދުތައް މަތީން ހަނދާންނެތި މީހާ ލޯމަތިން ފުހެވިގެން ދާކަމަށެވެ. އެމީހުންނަށ ްކަންކަން ހަމދާން ކޮށްދޭން ޖެހޭ ކަމަށެވެ.
މަޖުލިސް މެންބަރަކީ ގާނޫނު ހެދުމުގެ ޒިންމާ އޮތް މީހެއް ކަމަށް ވިޔަސް، ހަގީގަތަކީ ރައްޖޭގެ ތަރައްގީގެ ޕްލޭންތަކުގައި ސަރުކާރަށް އެންމެ މުހިންމު ފަރާތަކީ މަޖުލިސް މެންބަރު ކަމަށްވެ އެމީހާގެ ލަފަޔާއި މަޝްވަރާއާއި ދެކޮޅަށް އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.
ވަޒީފާ ފުވައްމުލަކުގައި އުފެއްދުމުގެ ގޮތުން ގެސްޓް ހައުސް ވިޔަފާރިއާއި ޒަމާނުއްސުރެ ފުވައްމުލަކުގައި ކުރާ ދަނޑުވެރިކަން ފުޅާކޮށް އާއި
ރައްޔިތުންގެ ހާލަތު ބަދަލުކުރުމަށް މިހާރަށްވުރެ ކްރިއޭޓިވް ވިސްނުން ގެންގުޅެން ޖެހޭ ކަމަށް ހުޒާމު ފާހަގަ ކުރިއެވެ. އެޖެންޑާ 19 ގެ އިތުރުން ވެސް މަޖުލިސް މެންބަރުންގެ ރަށުގެ ތަރައްގީއަށް ކުރިޔަށް އޮތް 5 އަހަރު ތެރޭ ކޮށްދޭނެ ކަންތައްތަކެއް ނުވަތަ ސަރުކާރުން ކުރުމަށް ބާރުއަޅާނެ ކަންތައްތަކެއް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށް ދެކޭ ކަމަށް ހުޒާމު ހާމަކުރިއެވެ. އެގޮތުްނ އަލުގަނޑުމެން (އެމްޑީޕީ)ގެ ކެންޑިޑޭޓުންގެ ވާހަކަ ތަކުގައި އެފަދަ ކަންތަތަކެއް ހިމެނޭކަމަށް ހާމަކުރިއެވެ.

އުތުރު ދާއިރާގެ އެމްޑި÷ީ ކެންޑިޑޭޓަށް މާލެއިން ރޭ މަރުހަބާ ދެންނެވުން.
ރޭގެ ޖަލްސާ ނިންމާލީ ކެއުމަކުން ކަމަށް އިއުލާން ކޮށްފައެވެ. އަދި އެއިގެ ފަހުން އުތުރު ދާއިރާގެ މެންބަރަށް މަރުހަބާ ކިޔުމަށް ބައެއް ސަޕޯރޓަރުން އެއަރޕޯރޓަށް ދިޔައެވެ.
ޚިޔާލުތައް