A wide advertisement which will be shown on all devices. (700 x 100)

އަލަށް އިންތިޚާބުވި މަޖުލިސް 3 މެމްބަރުންނާއި ފުވައްމުލަކު ހޮސްޕިޓަލުން ބައްދަލުކުރައްވައިފި

ފުވައމްުލަކު ހޮސްޕިޓަލުގެ އިސްނެގުމަށް މިއަދު އެމްޕީސް-އެލެކްޓް އާއި ބައްދުލުކުރުން

ކުރިޔަށް އޮތް ރައްޔިތުގެ މަޖުލީހަށް ފުވައްމުލަކުން އަލަށް އިންތިޚާބުވި 3 މެންބަރުންނާއި ފުވައްމުލަކު ހޮސްޕިޓަލުން މިއަދު ބައްދަލު ކުރައްވައިފިއެވެ. މީޑީއާއަށް ދައުވަތު ދީގެން ކުރިޔަށް ގެންދެވުނު މިބައްދަލުވުމުގައި ފުވައްމުލަކު ހޮސްޕިޓަލުގެ ޙާލަތު ރަނގަޅު ކުރުމަށް އިންތިޚާބުވެފައިވާ 3 މެމްބަރުން ވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އައު ސަރުކާރާއެކު ފުވައްމުލަކު ހޮސްޕިޓަލް ހިންގުމަށް ހަވާލުވި ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދުގެ އިސްނެންގެވުމާއެކު ބޭއްވުނު ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ ހޮސްޕިޓަލުގެ ސީނިއަރ މުވައްޒަފުންނާއިއެކު ފުވައްމުލަކު ހޮސްޕިޓަލުގައެވެ.

ފުވައްމުލަކު އުތުރު ދާއިރާއިން މަޖުލީހަށް އިންތިޚާބުވެފައިވާ މުހައްމަދު ރަޝީދުއާއި ފވމ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ބައްދަލުކުރައްވަނީ

މިއީ ފުވައްމުލަކުގެ ސިއްޙީ ޚިދުމަތްތައް ރަނގަޅު ކުރުމަށް، ތަނުގެ ހާލަތު ބަލައި ދެނެގަތުމަށް އަލަށް އިންތިޚާބުވި މަޖުލިސް 3 މެންބަރުންނަށް ވެސް ލިބުނު ރަނގަޅު ފުރުސަތެކެވެ. އެބޭފުޅުންގެ ކެމްޕޭނުގެ ވައުދު ތަކުގެ ތެރޭގައި ފުވައްމުލަކުގެ ހޮސްޕިޓަލުގެ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ބަސްފުޅުތައް ހަގީގަތަކަށް ހެއްދެވުމަށް މިއަދުގެ ބައްދަލުވުމުން މަގުފަހިވެގެން ދާނެކަމަށް ބެލެވެއެވެ.

ފުވައްމުލަކު މެދުދާއިރާއިން މަޖުލިޙަށް އިންތިޚާބުވެފައިވާ ހުސޭން މުހައްމަދު ދީދީ އާއި ދެކުނު ދާއިރާއިން އިންތިޚާބުވެފައިވާ މުހައްމަދު މުމްތާޒު ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދުއާއި ބައްދަލުކުރައްވަނީ

ހޮސްޕިޓަލުގެ ޙާލަތު އެބޭފުޅުންގެ ލޮލަށް ދައްކަވައި އޮޅުންފިލުވައި ދެއްވުމަކީ މިކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށްް އެބޭފުޅުންނަށް ވެސް ފަހިވެގެންދާނެ ކަމެއްކެވެ. މިއަދުގެ ބައްދަލުވުމުގައި ފުވައްމުލަކު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، މުވައްޒަފުންގެ ދަތިކަމާއި، ޑޮކްޓަރުންގެ ޓްރާންސްލޭޓަރުން މަދުވުމުން ހޮސްޕިޓަލުން ދޭން ޖެހޭ ޚިދުމަތްތަކަށް ބުރޫ އަރާ ކަމަށް ފާހަގަ ކުރެވުނެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އެމްބިއުލޭންސްތަކުގެ ހާލަތު ދަށްވެ މިހާރު ބޭނުންކުރެވޭ ޙާލަތުގައި އޮތީ އެންމެ ވޭނެއް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ. ފުވައްމުލަކުގައި ކޮމިއުނިޓީ ހެލްތުވޯކަރުން މަދުވެ ރަށުގައި ދިރިއުޅޭ ބޮޑު އާބާދީއަށް ޚިދުމަތް ދިނުމުގައި ދަތިވެފައިވާ ކަމަށް ވެސް ރިޕޯޓަރު ހާމަކުރިއެވެ.

ފުވައްމުލަކުން މަޖުލިޙަށް އިންތިޚާބުވެފައިވާ 3 މެމްބަރުންނާއި ފވމ ހޮސްޕިތަލުގެ މުވައްޒަފުން މއިަދު ބައްދަލުކުރެއްވި.

ފުވައްމުލަކު ހޮސްޕިޓަލުގެ ކަންކަމުގައި ނާއިބު ރައީސް ފައިސަލް ނަސީމު ވެސް އަންނަނީ ވަރަށް ކައިރިން ކަންކަން ބައްލަވަމުން ކަން މިކަލް ނޫހަށް ވަނީ އެނގިފައެވެ. އަދި ވަރަށް އަވަހަށް ފުވައްމުލަކު ހޮސްޕިޓަލުގައި ކުރިން ލިބެމުން ނެތް ވަސީލަތްތަކާއެކު ބައެއް އައު ޚިދުމަތްތައް ތައާރަފުވެގެން ދާނެކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ޑެންޓަލް ޚިދުމަތާއި ކިޑްނީބަލީގެ މީހުންނަށް ޑައިލިސިސްގެ ޚިދުމަތް ހިމެނޭ ކަމަށް ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ތާނިޔާ

    މިފަސް އަހަރޮ ފުވައްމުލަކަހަ ވަރަހަ ބޮނޑޮ ކުރިއެރުން ލިބެއްނެން ކަމަހަ އުތްމީދު ކޯން މިތީބީ?