ފުވައްމުލަކު ރިންގުރޯޑް ނުވަތަ ޖަމާލުއްދީން ނައިބުތުއްތު މަގުގެ ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު އަންނަ ބުދަ ދުވަހު ބޭއްވުމަށް ތައްޔާރު ވަމުން އެބަދެއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ދިމާކޮށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ނައިބު ތުއްތު މަގުގެ މަސައްކަތް އިންތިޚާބުގެ ކުރިން ރަސްމީކޮށް އިފުތިތާހުކުރުމަށް ކުރިން މަސައްކަތްކޮށްފައިވެއެވެ. އެގޮތުން، ފުވައްމުލަކުގެ މަގާއި އެއްކޮށް އެމްޓީސީސީ އާއި ހަވާލުކުރެވުނު އައްޑުއަތޮޅު ހުޅުމީދޫގެ މަސައްކަތް އެދުވަހު އިފުތިތާހު ކުރެވުނު ނަމަވެސް ފުވައްމުލަކު މަގުގެ މަޝްރޫއު އެފަހަރުވަނީ ލަސްކޮށްފައެވެ.
މިމަޝްރޫއު އަންނަ ބުދަ ދުވަހު ރަސްމީކޮށް އިފުތިތާހު ކުރާއިރު ފުވައްމުލަކު ކައުންސިލާއި ބައެއް ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއްވެއެވެ. އެގޮތުން، އެމަޝްރޫއާއި ގުޅޭ އެކަށީގެންވާ މައުލޫމާތު ކައުންސިލާއި އާންމު ރައްޔިތުންނާއި ހިއްސާކޮށްފައިވާ ނުވާ ކަމަށް ސިޓީ ކައުންސިލްގެ ރައީސް ވިދާޅުވެއެވެ. މަގުގެ މައްސަލާގައި ހުރި ކަންބޮޑުވުން ޕްލޭނިން މިނިސްޓްރީ އާއި މަޝްވަރާ ކުރުމަށް ވަރަށް ގިނަ މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ވެފައި ނުވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ރައީސް ފަލާހު ޝަރީފާއި ހަވާލާދީ އައްޑޫ ލައިވު އިން ރިޕޯޓް ކުރެއެވެ.
ނަމަވެސް މި ސަރުކާރުން ކޮންމެ ރަށެއްގައި ވެސް މަޝްރޫއުތައް ހިންގާނީ އެ ރައްޔިތުންގެ މަޝްވަރާތަކުގެ މަތިން ކަމަށް ރިޔާސީ އިންތިހާބު ތެރޭގައި ރ.ފައިނުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައިވެއެވެ
އެންމެ ފުރަތަމަ އެމަގު ހެދުމަށް ކުރެވިފައިވާ ޕްލޭނާއި އެއް ގޮތަށް މަސައްކަތް ކުރިޔަށް ގެންދަން ފިވައމްުލަކު ގެ ގޮން ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ. ތިރީގައި މިވަނީ މަގު އެންމެ ފުރަތަމަ ޑިޒައިން ކުރެވިފައިވާ ގޮތުގެ ކުރެހުމެކެވެ.
މިމަޝްރޫއު ފެށުމަށް ބޭނުންވާ ސާމާނުތަކާއި މުވައްޒަފުން ވަނީ މިދިޔަ ހަފުތާތެރޭ ފުވައްމުލަކަށް ފޮނުވާފައެވެ. އަދި ވަރަށް އަވަހަށް މަސައްކަތް ފެށޭނެ ކަަމަށް މިކަލް ނޫހަށް މައުލޫމާތުލިބެއެވެ.
މިމަޝްރޫއު ދަށުން 2.7 ކިލޯ މީޓަރުގައި ތާރުއަޅުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހެދުން ހިމެނެއެވެ. 32 މިލިއަން ރުފިޔާގެ މިޕްރޮޖެކްޓް 240 ދުވަސްތެރޭ ތާރުއަޅައި ނިންމަންޖެހެއެވެ.
އެންމެ ފުރަތަމަ އެމަގު ހެދުމަށް ކުރެވިފައިވާ ޕްލޭނާއި އެއް ގޮތަށް މަސައްކަތް ކުރިޔަށް ގެންދަން ފިވައމްުލަކު ގެ ގޮން ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ. ތިރީގައި މިވަނީ މަގު އެންމެ ފުރަތަމަ ޑިޒައިން ކުރެވިފައިވާ ގޮތުގެ ކުރެހުމެކެވެ.
ޚިޔާލުތައް