A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ރިންގުރޯޑުގެ މަސައްކަތް ނިމިއްޖެ – އެމްޓީސީސީ

އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ފުވައްމުލަކު ރިންގުރޯޑު ނުވަތަ ނާއިބު ތުއްތު މަގުގެ 2.7 ކިލޯ މީޓަރު ހެދުމުގެ މަސައްކަތް ނިމިއްޖެކަމަށް އެމަސައްކަތާއި ހަވާލުވި އެމްޓީސީސީއިން ބުނެފިއެވެ. އެކުންފުނިން އިއްޔެ އެކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ހާމަކުރި ގޮތުގައި މިމަސައްކަތް ނިމިފައިވަނީ ޑިސެމްބަރު މަހު 30 ވަނަ ދުވަހުގައެވެ.

މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 2950 މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 20،650 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، 4425 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ ކޮންކްރީޓް ގައު އެތުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށް އެމްޓީސީސީއިން ބުންޏެވެ. މިމިމަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 37.19 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.

ފުވައްމުލަކު ނައިބު ތުއްތުމަގު ނުވަތަ ފުވައްމުލަކު ރިންގު ރޯޑު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ކުރީގެ ރޯޑް ކޯޕަރޭޝަން އެމްއާރުޑީސީ އާއި 2015 ވަނަ އަހަރު 360 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށް އެމަސައްކަތް ނުނިމި 3 އަހަރަށްވުރެ ގިނަ ދުވަސްވީފަހުން 2019 ވަނަ އަހަރު މާރިޗު މަހު ތެރޭގައެވެ.

ފުވައްމުލަކު ރިންގު ރޯޑުގެ އިތުރުން ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމަށްވެސް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. އެމަސައްކަތް މިއަހަރު އަހަރު ނިމުމުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުންނިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އެމަސައްކަތް އަވަސްކުރުމަށް ބޭނުންވާ އިތުރު ސާމާނުގެ އިތުރުން މީހުންވެސް ވަނީ އިތުރަށް ނަގާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ސައްޔިދު ދީދީ .

    ފުވައްމުލަކު ރައްޔިތުންނަށް ވަޢުދުވީ ފުވައްމުލަކުގެ ހުރިހާ މަގެއްގައި ތާރަ އެޅުމަށް. އެކަން އޮޅުވާލާ ފުވައްމުލަކު މަގުތަކެއްގައި ތާރުއަޅަން ނިންމާ ރައީސް ޔާމީންގެ ސަރުކާރުގައި ތާރު ފަތުރާލުން ނޫން ހުރިހާ ކަމެއް ނިންމާ ފައިވާ މަގުގެ މަސައްކަތް ފެށިތާ އަހަރެއް ފަހުން ނިންމާލެވުނު ކަމީ ފިނިހަކަސްޕީޑްގާ ހިގާ ސަރުކާރުގެ ނާގާބިލްކަން އިތުރަށް ހާމަވެގެން ދިޔަ ކަމެއް. މިއީ ކިއުންތެރިންނާ ލިއުންތެރިން ސަރުކާރުގެ ނާގާބިލްކަން ފާހަގަ ކުރަންޖެހޭ ކަމެއް ކަމުގައި ދަންނަވަން.