A wide advertisement which will be shown on all devices. (700 x 100)

ހޯދަޑު، ދިގުވާނޑު އަދި ދަޑިމަގުގެ ބޮޑުބަޔަކުން 4 މޭގައި ކަރަންޓް މެދުކަނޑާލަނީ

ފެނަކަ-ފުވައްމުލަކުގެ މުވައްޒަފުްނ ޓްރާންފޯމަރު ބަހައްޓަނީ

ހޯދަޑު، ދިގުވާނޑު އަދި ދަޑިމަގުގެ ބޮޑު ބަޔަކުން އަންނަ ހޮނިހިރު ދުވަހު (4 މެއި) ހެނދުނު ކަނރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފުވައްމުލައް-ފެނަކައިން ހާމަކޮށްފިއެވެ. ކަރަންޓްގެ ޚިދުމަތް މެދުކެނޑިގެން ދާނީ ހެނދުނު 8:30 އިން 10:30 އަށް ކަމަށް އެކުންފުނިން ހާމަކޮށްފައި ވެއެވެ.

އެކުންފުނިން ހާމަކުރި ގޮތުގައި ކަނރަންޓްގެ ޚިދުމަތް މެދުކަނޑާލެވެނީ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ކުރުމަށް ހަމަޖެހިފައިވާ މަސައްކތް ފުރިހަމަ ކުރުމަށްޓަކައެވެ. ކަރަންޓްގެ ޚިދުމަތް ފުޅާކުރުމަށް އިންޖީނުގޭގެ މެއިން ޓްރާންސްފޯމަރުގެ ޓެޕް ބަދަލުކުރުމާއި، 3 ނަމްބަރު ސަބްސްޓޭޝަން ގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމުގެ މަސައްކަތް އެދުވަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ދެ ދުވަހެއް ކުރިން ހޯދަޑު އަވަށުގައި ބެހެއްޓިފައިވާ 7 ނަމަބަރު ސަބްސްޓޭޝަނުންގައި ވެސް އިތުރު ޓްރާންސް ފޯމަރެއް ބެހެއްޓުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ދޭތެރެއިްނ ފުވައމްުލަކުން ކަރަންޓް ކެނޑެން ދިމާވަނީ ކުރިން އަޅާފައިވާ ކޭބަލްތަކަށް ބާރުބޮޑުވެ އަނދަމުންދާތީ ކަމަށް ވެއެވެ. އަދި އެފަދަ ދިމަދިމާލުގައި ވަގުތީ ކޭބަލެއް ބިންމަތިން އަޅައި ކަރަންޓްގެ ޚިދުމަތް ދެމުން އަންނަކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އާއްމު ބައެއް ފަރާތްތަކުގެ ޝަކުވާއަކީ އެގޮތަށް އަޅާ ވަގުތީ ކޭބަލްތައް މަގުމަތީގައި 2-3 މަސް ދުވަސް ވެގެންދާއިރުވެސް އޮންނާތީ އެވެ.

ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ފުރިހަމައަށް ދިނުމަށްޓަކައި މިހާރު ފެނަކައިން ދެމުންގެންދާ ކަނރަންޓް އަޕްގްރޭޑް ކުރަން ޖެހޭކަމަށް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހަމައްމަދު ޟިރާރު ކުރިން ވިދާޅުވެފައިވެއެވެ.

އަދި ފުވައްމުލައް ސިޓީގައި އަލަށް ހެދި ފްލެޓްތަކަށް ބޭނުން ވާ މިންވަރަށްވެސް އިންޖީނުގެއިން މިހާރު ހުރި މިންވަރުން ކަރަންޓް ދެވެން ނެތްކަމަށް ވެއެވެ. މިކަންކަން ހައްލުކުރުމަށް 1.5 މެގަވޯޓުގެ އިތުރު ޖަނެޜޭޓަރެއް ފުވައްމުލައް ސިޓީއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އަލަށް މަޖުލީހަށް އިންތިޚާބުވި 3 ކެންޑިޑޭޓުން ވަނީ ފުވައްމުލަކުގެ ކަރަންޓްގެ ޚިދުމަތުގެ މައުލޫމާތު ހޯއްދަވާފައި – އަލަށް އަޔަންކުރެވުނު ފެނަކައިގެ މެނޭޖަރ އަޝްރަފު ނޫމާނު (ކ)

އެއްވެސް ސަބަބަކާއި ހުރެ ކަނރަންޓް ކެނޑޭނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ކަރަންޓް އައުމުގެ ކުރިން އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަނރަންޓް ކަނޑާފައި ބެހެއްޓުމަށް އިންޖީނުގެއިން އިރުޝަދު ދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !