ވަން ފުވައްމުލައް އިސްނަގައިގެން ފުވައްމުލައް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. ރޯދަ ބީޗު ކުލީންއަޕުގެ ނަމުގައި ކުރިއަށްގެންދާ ސާފުކުރުމުގެ މި އިވެންޓުގެ ފެށިފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެއަށްފަހު އިއްޔެ ވެސް ވަނީ ސާފުކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފައެވެ. މި ދެދުވަހު ކުރިއަށް ދިޔަ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ކުނިވަނީ ނަގާފައެވެ. އާންމުން އެއްވާ ތަންތަނަށް ޚާއްސަ ސަމާލުކަމެއްދީގެން ސާފުކުރުން ކުރިއަށް ދިޔައިރު ގިނަ އަދަދެއްގެ ފުޅިފަދަ ތަކެތި ވަނީ ނަގާފައެވެ. މިދިޔަ ހޯމަ ދުވަހު މާދަޑު ވަލިފަންނު ސަރަހައްދުން ސާފުކުރުން ފެށުނުއިރު އިއްޔެ ސާފުކޮށްފައިވަނީ ދޫޑީގަމު ބޮނޑޮފަންނެވެ.
މިދޔަ އެޕްރީލްމަހުތެރޭ ފުވައްމުލަކު ހޮސްޕިޓަލުން އިސްނަގައިގެން ސާފުކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެފަހަރު ކުނީގެ ގޮތުގައި އެންމެ ގިނައިން މިއަދު އެއްކޮށްފައިވަ ވަނީ ކުޑަކުދިން ޖަހާ ނެޕީ ކަމަށް ސާފުކުރުމުގައި ހަރަކާތްތެރިވި މީހަކު މައުލުމާތު ދިނެއެވެ.
ޚިޔާލުތައް