A wide advertisement which will be shown on all devices. (700 x 100)

ޕީޕީއެމް ގެ ޖަލްސާއެއް ފުވައްމުލަކުގައި ބާއްވަނީ…..

ވެރިކަން ކުރާ ޕީޕީއެމްގެ ޖަލްސާއެއް  ފުވައްމުލަކުގައި ބާއްވަން  އެ ޕާޓީއިން ނިންމައިފިއެވެ.

މި އަންނަށް ހަފްތާ ބަންދާ ދިމާކޮއް ފުވައްމުލަކުގައި ބާއްވާ މި ޖަލްސާގައި ޕީޕީއެމްގެ ޕާލެމެންޓަރީ ގުރޫޕްގެ، ބެއެއް މަޖްލީސް މެމްބަރުން ބައިވެރިވާނެ ކަމަށް ޕީޕީއެމްގެ ބިލައްދޫ ދާއިރާގެ މަޖްލީސް މެމްބަރު އަހްމަދު މުބީން ކުރެއްވި ޓުވީޓެއްގައި ބުނެފައިވެއެވެ.

ވޭތިވެދިޔަ އިންތިހާބުތަކަށް ބާލާއިރު ފުވައްމުލަކުން ޕީޕީއެމް އިންވަނީ ފުރިހަމަށް މެޖޯރެޓީ އެއް ހޯދާފައިއެވެ.

ރައްޔިތުންގެ މަޖްލީހުގައި ފުވައްމުލަކު ތަމްސީލް ކުރާ 03 މެމްބަރުން ތިބި އިރު މި 03 މެމްބަރުން ވެސް ނިސްބަތް ވެ ވަޑައިގަންނަވަނީ ޕީޕީއެމް އަށެވެ. މީގެ ތެރެއިން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުއްﷲ މަސީޙް އަކީ މަޖީލްސްގެ ރައިސް އެވެ . އެހެންނަމަވެސް ޕީޕީއެމްގެ މެމްބަރުން ހިމެނޭ އެހެނިހެން ދައިރާތަކަށް ތަރައްޤީގެ ގިނަ މަޝްރޫތަށް ފެށިގެން ކުރިއަށް ދާއިރު ފުވައްމުލަކުގައި އެކަށީގެން ވާ މިންވަރަކަށް މިފަދަ މަޝްރޫތަށް ފެށިގެން ކުރިޔަށް ނުދާތީ ބައެއް ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !