ފުވައްމުލައް ސިޓީ ނަރުދަމާ ނިޒާމުން ނަޖިސް ލީކުވާނީ

ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުން ނަޖިސް ލީކުވާ ކަމުގެ ޝަކުވާ ގިނަވެފައި
Share on facebook
Share on twitter
Share on google

ފުވައްމުލަކުގެ ނަރުދަމާ އަޅާ ނިމުމުގެ މަރުހަލާގައި ވީނަމަވެސް އެޕްރޮޖެކްޓްގެ މަސައްކަތާއި މެދު އާއްމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތެވެ. ގިނަ ގޭތަކަށް ފާޚާނާ ހޮޅި ގުޅައި ނަރުދަމާގެ ނިޒާމު ބޭނުންކުރަން ވަނީ ފަށާފައެވެ.

ނަރުދަމާ ނިޒާމު ބޭނުން ކުރަން ފެށިފަހުން ފުވައްމުލައް ސިޓީގައި ފެންބޮޑުވާ ކޮންމެ ފަހަރަކު ނަޖިސް ލީކުވުމުގެ ޝަކުވާ އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން އިއްޔެގެ ފެންބޮޑުވުމުގައި ވެސް ނަޖިސް ލީކުވެފައިވާ ކަމަށް ކަމާބޭހޭ ފަރާތްތަކުން ވަނީ ހާމަކުރައްވާފައެވެ.

ފުވައްމުލަކުގެ ނަރުދަމާ ނިޒާމު ގާއިމުކުރެވިފައި ވަނީ ގްރެވިޓީ ސިސްޓަމާއި ވެކިއުމް ސިސްޓަމްގެ އިތުރުން ޕަމްޕް ސްޓޭޝަންތަކެއް މައްޗަށެވެ.

ފެންބޮޑުވާ ހާލަތްތަކުގައި ރަށުގެ ފެނާއި ނަރުދަމާގެ ފެނާއި ނަޖިސް އެކުވެ ނުރައްކާތެރި ބަލިމަޑުކަމަކަށް ރައްޔިތުން ހުށަހެޅިގެންދާނެ ކަމުގެ ކންބޮދުވުން އިތުރުވެގެން ދެއެވެ. ފުވައްމުލަކުގެ ނަރުދަމާގެ ނިޒާމުގައި ހިމެނޭ 500 ހާ ވެކިއުމް ސިސްޓަމެއްގެ ތެރެއިން 250 ހާ ސިސްޓަމުގައި މައްސަލަޖެހި ލީކުތައް ހުރިކަމަށް މައުލޫމާތު ލިބެއެވެ.

ޕބްލިކް ހެލްތު ޔުނިޓުގެ މުވައްޒަފުން ފެންގަނޑުތައް ކްލޮރިން ކުރަން މިއަދު ނިކުތް

އިއްޔެގެ ފެންބޮޑުވުމާއި ގުޅިގެން ނަޖިސް ލީކުވެފައިވާނަމަ އަދި ފެނުގައި ނަޖިހުގެ އަސަރު ހުރިކަމަށް ޝައްކު ކުރެވޭނަމަ ފުވައްމުލައް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓަށް ގުޅުއްވުމަށް އެދިަފއިވެއެވެ. އެގޮތުން 6862069 އަދި ބަންދު ގަޑީގައި 9933454 އަށް ގުޅުއްވުމަށް އެދިފައި ވެއެވެ.

ފާޚާނާ ނިޒާމުން ނަޖިސް ލީކުވެފައިހުރިތޯ ބެލުމަށާއި، ފެން ކްލޮރިން ކުރުމަށް ފުވައްމުލަކު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓްގެ މުވައްޒަފުން ރަށުގެ އެކި ހިސަބުތަކުގައި ހަރަކާތްތެރިވާކަން ހޮސްޕިޓަކުން ވަނީ ހާމަކުރައްވާފައެވެ.

ނަޖިސް ލީކުވެފައިވާ ކަމުގެ ޝަކުވާ ލިބެމުން ދާކަން ހާމަކުރައްވަމުން ފުވައްމުލަކު ސިޓީ ކައުންސިލުން ފާހަގަ ކުރައްވައި އެކަމާއި ގުޅޭ މައުލޫމާތު ފެނަކަ-ފުވައްމުލަކަށް ހުށަހެޅުުމަށް އެދިފައިވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments