ފުވައްމުލަކު ހޮސްޕިޓަލުން ގުރުދާގެ (ކިޑުނީ) ބައްޔާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. އިއްޔެ ހެދުނުން ފެށިގެން ކުރިއަށްދިޔަ މިބައްދަލުވުމުގައި ޒަމާންތަކަކަށް އެބައްޔަކާއިއެކު ދިރިއުޅެންޖެހޭ ބަލި (ކްރޮނިކު) ބަލިތަކުގެ ތެރެއިން ގުރުދާގެ ބައްޔާއި ގުޅޭ މައުލޫމާދު ދިނުމާއި އެބައްޔާއި ގުޅުންހުރި ސިއްހީ މައްސަލަތައް ކަމަށްވާ ލޭމައްޗަށްދިއުމާއި ހަކުރުބައްޔާއި ގުޅޭ މައުލޫމާތު ވެސް މިބައްދަލުވުމުގައި ދެވުނެވެ.
މީގެ އިތުރުން މިބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތުދިނުންވެސް ކުރިއަށް ދިޔައެވެ. މައުލޫމާތު ދިނުމުގެ އިތުރުން ލޭގެ ޕްރެޝާ ޗެކުކުރުމާއި ލޭގައި ހަކުރު ހިމެނޭ މިންވަރުވެސް ބެލުނެވެ.
ގުރުދާގެ ބައްޔަކީ ފުވައްމުލަކާއި ރާއްޖޭގައިވެސް ވަރަށް އާންމު ބައްޔެކެވެ. މިބަލީގެ ސަބަބުން ޑައިލިސިސް ހަދާފަރާތްތަކާއި ގުރުދާ ބަދަލުކޮށްފައިވާ ފަރާތްތައްވެސް މަދެއްނޫނެވެ. ކްރޮނިކް ކިޑްނީ ބައްޔަކީ އެބަލީގެ އެންމެފަހު މަރުހަލާގައި ނޫނީ އެބަލީގެ ސަބަބުން އުދަގޫނުވާ ފަދަބައްޔެކެވެ. އެބަލީގެ އެންމެ ފަހު މަރުހަލާއަށް ގޮސްފިނަމަ ޑައިލިސިސް ހެދުން ނުވަތަ ކިޑުނީ ބަދަލުކުރުން ނޫންގޮތެއް މިހާތަނަށް ހޯދިފައެއްނުވެއެވެ. ރޫޓިން ޔޫރިން ޓެސްޓް (ކުޑަކުމުދާ ތަކެތި ނަގައިގެން ހަދާ އެންމެ އާދައިގެ ޓެސްޓް) އިންވެސް އެބަލީގެ ކުރީކޮޅުގައި ފާހަގަކުރެވިދާނެއެވެ. އެގޮތުން ޔޫރިންގައި ޕްރޮޓިން ހުރިކަމަށްވާ ނަމަ މިބައްޔަށް ތުހުމަތުކުރެވެއެވެ. މިބަލިން ރައްކާތެރިވުމަށްޓަކައި ކެއުމަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.
ޚިޔާލުތައް
ޑޮކްޓަރުން ހުންބަލާ ކަށިގަނޑު އެބަހުރިތައް؟؟؟