“ތިމާ އީދު 1440” ނަމުގައި ފުވައްމުލައް ސިޓީގައި ބޮޑު އީދުގައި ޚާއްސަ މިއުޒިކު ޝޯއެއް ބާއްވަން ތައްޔަރުވަމުން އެބަދެއެވެ. ސޭންޑް ރިޕަބްލިކް އިން އިންތިޒާމު ކުރާ މި ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓް މަހު 14 ވަނަ ދުވަހު ފުވައްމުލައް ސިޓީ ސްޓޭޑިއަމުގައެވެ. އެއީ އަޟުޙާ އީދުގެ އެންމެ ފަހު ދުވަހުގެ ރޭގަނޑު 9:00 ގައެވެ.
ޝޯ އިންތިޒާމު ކުރާ ފަރާތުން އިޝްތިހާރުކޮށްފައިވާ ގޮތުގައި، މި ޝޯގައި އިންޑިއާގެ މަޝްހޫރު ފަންނާނުންނާއި ރާއްޖޭގެ ބައެއް މަޝްހޫރު ފަންނާނުގެ އިތުރުން ފުވައްމުލަކު މަޝްހޫރު ފަންނާނުންގެ އައިޓަމްތައް ވެސް ހިމެނިގެން ދާނެއެވެ.
އިންޑިއާގެ މަޝްހޫރު ފަންނާނުންގެ ތެރެއިން މިޝޯގައި ލަވަކިޔާނެ ފަންނާނުންނަކީ އަދިތުރާޔަ ނަރަޔާން އާއި ޕްރިޔާޏްކާ ޝަރުމާ އެވެ.
ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ކުޑަ އިއްބެ އާއި ލަމްހާ ލަތީފު ވެސް ހިމެނޭކަމަށް އިޝްތިހާރު ކޮށްފައި ވެއެވެ.
ފުވައްމުލަކުގެ ފަންނާނުންގެ ތެރެއިން މިޝޯގައި ލަވަ ކިޔުމަށް ހަމަޖެހިފައި ވަނީ އަހުމަދު ޝަފީގު (އަފަގެ) އާއި ޑަންޑަނާ ބޭންޑުން މަޝްހުރުވި ހުސޭން އިބްރާހިމް (ޑަންޑަނާ ހުސޭން) އާއި ސަފޫރާ ނަސީމު އެވެ. މީގެއިތުރުން މި ޝޯ ހުޝަހަޅާދޭނީ ފަތިމަތު މުސްތަފާ އާއި ލަމްހާ ކަމަށެ ވެއެވެ.

“ތިމާ އީދު 1440” ގައި ލަވަ ހުށަހަޅައިދޭ ފުވައްމުލައް ސިޓީގެ ލަވަކިޔުންތެރިން.
މި ޝޯ އަކީ ފުވައްމުލައް ސިޓީ ކައުންސިލާއި ޕީއެސްއެމް ގެ އިތުރުން ދޯ އެމްވީ އާއި ރޯޒްލައިންގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ ޝޯއެއް ކަމަށް ވެއެވެ.



ޚިޔާލުތައް