A wide advertisement which will be shown on all devices. (700 x 100)

ކްރޯވޭ މޯލްޑިވްސްއިން އިންޓަރނަލް އޯޑިޓް ޓްރެއިންގ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް

އިންޓަރނަލް އޯޑިޓް ޓްރެއިނިން - ކްރޯވޭއިން ކުރިޔަށް ގެންދަނީ

ރާއްޖޭގައި މަޝްހޫރުކަން ހޯދާފައިވާ ކްރޯވޭ މޯލްޑިވްސް އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އެކައުންސިލްގެ އިދާރީ މުވައްޒަފުންނަށް އިންޓަރނަލް އޯޑިޓް ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުދުނމާ މާލަމުގައި ކުރިޔަށް ގެންދެވުނު 1 ދުވަހުގެ އޯޑިޓް މިތަމްރީނު ޕްރޮގްރާމުގައި 13 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވީ ކްރޯވޭ މޯލްޑިވްސްގެ ކޯފައުންޑަރ ހަސަން މުހައްމަދު އެވެ. ހަސަން މުހައްމަދު އަކީ، އޯޑިޓން އާއި އިންޓަރނަލް އޯޑިޓިން އާއި، އެކައުންޓެންސީ އަދި ރިސްކް މެނޭޖްމެންޓް ދާއިރާގެ ޕްރޮފެޝަނަލް ބޭފުޅެކެވެ.

ރާއްޖޭގައި އޯޑިޓިން ދާއިރާގައި ބޭރުގެ ބޯޑެތި ބައެއް އޯޑިޓް ކުންފުނިތަކުން ހަރަކާތްތެރި ވަމުން އަންނަނިކޮށް ހަސަން އިސްވެ ހުންނަވައިގެން އާއިލީ ބޭފުޅުންނާއެކު ވަނީ “އޭއެޗް އެންޑް އެސޯސިއޭޓްސް”ނަމުގައި އޯޑިޓް ފާމެއް ހައްދަވާފައެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އެއް އެކައުންޓިން ނެޓްވޯކު ކަމަށްވާ ކްރޯވޭ ހޮވާތު އިންޓަނޭޝަނަލް އާއި ގުޅުނެވެ. އެއީ ރާއްޖޭގެ އޯޑިޓިން ބަޔަކު ބޭރުގެ ބޮޑު ކުންފުންޏާކާއި އެންމެ ފުރަތަމަ ގުޅުނު ފަހަރެވެ.

އަދި އެކުންފުނީގެ ކުރިއެރުމާއެކު މިހާރު ވަނީ ކޮރޯވޭ މޯލްޑިވްސް އަށް ކުންފުނި ރިބްރޭންޑްކޮށް ރާއްޖޭގެ އޯޑިޓިން ދާއިރާގައި އެންމެ އުސްފަންތީގައި ވަނީ ފައި ހަރުކޮށްފައެވެ.

ކްރޯވޭ މޯލްޑިިވްސް އަކީ މެދުދާއިރާގެ މަޖުލިސް މެންބަރު ހުސޭން މުހައްމަދުގެ އާއިލީ ބޭފުޅުންގެ ހިންގާ ކުންފުންނެކެވެ.

އިންޓަރނަލް އޯޑިޓް ޓްރެއިނިންގ ގެ ބައިވެރިން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !