ފުވައްމުލައް ސިޓީގައި އިޖުތިމާއި އޯޑިޓް ތަމްރީނު ޕްރޮގްރާމެއް ހިންގަން އެންޓި ކޮރަޕްޝަން ކަމިޝަން (އޭސީސީ) އިން ތައްޔާރުވެއްޖެއެވެ.
މި ޕްރޮގްރާމު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 29 މެއި އިން 1 ޖޫން 2023 ގެ ނިޔަލަށް ފުވައްމުލައް ސިޓީ ކުރުނދުމާ މާލަމުގައެވެ. ޔޫރަޕިއަން ޔުނިއަންގެ ފައިސާގެ އެހީގައި މި ތަމްރީނު ޕްރޮގްރާމު ކުރިޔަށް ގެންދަނީ އޭސީސީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެންނެވެ.
އިޖުތިމާއީ އޯޑިޓް ތަމްރީނުް 2023ކޮންމެ ދުވަހަކު ވެސް ހެނދުނާއި މެންދުރުފަހު ތަމްރީނު ސެޝަންތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ސަރުކާރުގެ ނިންމުންތަކުގައި އާއްމުންނަށް ބައިވެރިވެވޭނެ ގޮތްތަކާއި ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ގުޅޭ ގޮތުން އާއްމުންގެ ކަންބޮޑުވުންތައް ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައި ޒިންމާދާރު ކުރުވާނެ ގޮތްތަކާއި ބެހޭގޮތުން ބައިވެރިންނަށް މައުލުމާތު ދެވޭނެކަމަށް ހާމަކޮށްފައި ވެއެވެ.

އިޖުތިމާއީ އޯޑިޓް ތަމްރީނުް 2023
އިޖުތިމާއީ އޯޑިޓަކީ ކޮބާ؟
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ރައްޔިތުންގެ ފަރާތުން ކުރާ އޯޑިޓެއް.
މިއި ޖަވާބުދާރީ ކުރުވުމަށާއި ރައްޔިންގެ ޝުއޫރުތައް ހަރުދަނާ ގޮތެއްގައި ފާޅު ކުރުމަށާއި ބޭނުންކުރެވޭނެ މަގެއް.
ސަރުކާރުގެ ޚިދުމަތްތަކާއި ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތައް އިޖުތިމާއީ ގޮތުން އޯޑީތް ކުރެވިދާނެ.
ޚިޔާލުތައް