A wide advertisement which will be shown on all devices. (700 x 100)

މިރޭ ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމް ލަފާކުރޭ

ފުވައްމުލަކުގެ ކަނޑު...

މިރޭ ފުވައްމުލައް ސިޓީއަށް ގަދައަށް ވިއްސާރަ ނަގަިއ ބޯކޮށް ވާރޭވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ހާމަކުރައްވައެވެ.

މިރޭގެ މޫސުމަށް އެންމެހާ ރައްޔިތުން ސަމާލުވެ ތިބުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މި ވިއްސާރައިގައި ފެންބޮޑުވުން ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ނަމްބަރު 6869118 އަށް، އަދި ފުވައްމުލައް ސިޓީގެ ހޮޓްލައިން ނަމްބަރު 7315001އަށް ގުޅުއްވުމަށް އެދިފައިވެއެވެ.

ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާވެ ގުގުރައި، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމް ލަފާކުރާ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ހަމަކުރައްވައެވެ.

މިރޭގެ މޫސުން މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ.

ދެކުނުނގެ އަތޮޅުތަކަށް އިރުމަތިންނާއި އިރު-އުތުރުންނާއި ގަޑިއަކު 5-15 މޭލު ބާރުމިނުގައި، ވިލާގަނޑގައި 35 މޭލަށް ވައި ބާރުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށް ބެލެވެއެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށ ްބެލެވެނީ 4-6 ފޫޓު އުސްމިނުގައެވެ.

މިރޭގެ މޫސުން ލަފާކުރާގޮތް (19 އޯގަސްޓް 2019)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !