A wide advertisement which will be shown on all devices. (700 x 100)

ނުރައްކާތެރި އެކްސިޑެންޓެއް ހިގައި އެކަކަށް ސީރިއަށް އަނިޔާތަކެއް ލިބިއްޖެ

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިގައި އެކަކަށް ސީރިއަށް އަނިޔާތަކެއް ލިބިއްޖެއެވެ. މީގެ އިރުކޮޅެއް ކުރިން ފުވައްމުލަކު ސްޓޭޑިއަމް (މައިލޯ ސްޓޭޑިއަމް)ގެ ހުޅަނގުން އޮތްމަގާއި ދެކުނުން އޮތްމަގާއި ގުޅޭ ހަތަރު އަގޮޅީގައި އެކްސިޑެންޓް ހިގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލާއި ކާރެއް މުޑި އަރައިގެނެވެ. މަންޒަރު ދުށް ފަރާތަކުން މިކަލް ނޫހާއި ހިއްސާކުރި ގޮތުގައި ސައިކަލް ދުއްވާފައި ދިޔައީ ބާރު ސްޕީޑުގައެވެ. ސައިކަލު ކާރުގައި ޖެހި ހިގި އެކްސިޑެންޓްގައި ސީރިއަށް އަނިޔާތަކެއް ލިބިފައި ވަނީ ސައިކަލް ދުއްވަން އިން މިސްކިތްމަގު އަލިފަރު 32 އަހަރުގެ މޫސާ ރަމީޒަށެވެ.

އަނިޔާވި ފަރާތުގެ ފައިގެ ފަލަމަސްގަޑާވީ ހިސާބުން ބިންދފައިގެން ގޮސްފައިވާ ކަމަށާއި އަދި ފައިގެ ބޮޑުވާ އިގިލިވެސް ބިންދައިގެން ގޮސްފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުންޏެވެ. ގޮސްފައިވާ ކަމަށެވެ. އެފަރާތަށް އިތުރު ފަރުވާ ބޭނުންވާތީވެ މާލެ ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !