A wide advertisement which will be shown on all devices. (700 x 100)

ފުލެޓްގެ އަގު ބޮޑުވުމުގެ ޝަކުވާ ނާއިބު ރައީސްއަށް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި އަޅާފައިވާ ފުލެޓްތަކުގެ ކުއްޔާއި މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބޮޑުވުމުގެ ޝަކުވާ ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމަށް ހުށަހަޅާފިއެވެ. ނާއިބު ރައީސް ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ދިމާކޮށް ފުލެޓްގެ ލިބުނު ބައެއް ފަރާތްތަކުން އިހުތިޖާޖުކޮށް ނާއިބު ރައީސަށް ސިޓީއެއްވެސް އަރުވާފައެވެ.

މިއިހުތިޖާޖުގެ ބައިވެރިން ގޮވާލާފައިވަނީ އެންމެ އާދައިގެ މީހާއަށްވެސް އަތްފޯރާ ފަށަށް  އަގުތައް ތިރިކުރުމަށެވެ. ނާއިބު ރައީސަށް އެރުވި ސިޓީގައި އެދިފައިވަނީ ފުލެޓްގެ ކުއްޔާއި މެއިންޓެނަންސް ފީގެ ގޮތުގައި ނެގުމަށް ކަނޑައަޅާފައިވާ 3،800 ރުފިޔާގެ ބަދަލުގައި 1،500 އާއި 2،000 ރުފިޔާ އާއި ދެމެދުގެ ފީއެއް ނެގުމަށެވެ. ފުވައްމުލަކުގައި ދިރިއުޅޭ އާންމު މީހެއްގެ މުސާރައަކީ 5،000 ރުފިޔާ ކަމަށާއި އެވަރުގެ މުސާރައެއް ލިބިގެން ޒަރޫރީ ބޭނުންތައް ފުރިހަމަކުރުމަށްފަހު ކުލި ނުދެއްކޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

ފުލެޓުގެ އަގުބޮޑުވުމުގެ ޝަކުވާ ވަނީ މީގެކުރިންވެސް ގިނަ ބަޔަކު ކޮށްފައެވެ. ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން މިކަމާއި ގުޅިގެން ހުރި ނަމަވެސް ފުލެޓް ލިބުނު ފަރާތްތަކުން ފުލެޓް އެއްބަސްވުމުގައި އަންނަ ހުކުރު ދުވަހުގެ ކުރިން ސޮއިކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ. އަދި ޑައުންޕޭމަންޓް ދެއްކެވުމަށް ތައްޔާރުވެވަޑައިގަތުމަށްވެސް ވަނީ އެދިލައްވާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !