ފުވައްމުލައް ސިޓީގައި އިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓް ސަރަހައްދުގެ ލޭންޑްސްކޭޕް ޑިޒައިން ކުރުމާއި ތަރައްޤީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީ އާއި އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރެވިފައި ވަނީ އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ 182 ދުވަސް (ހ މަސް ދުވަސް) ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 19117786 (ނަވާރަ މިލިއަން އެއްލައްކަ ސަތާރަ ހާސް ހަތްސަތޭކަ އައްޑިހަ ހަ) ދިވެހި ރުފިޔާއަށެވެ.
މި މަޝްރޫޢުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޚާލިސް ޝަރީފެވެ. އަދި އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުރުޝިދާ އަލީ މަނިކެވެ.
ފުވައްމުލަކު ހައުސިންގ ޔުނިޓްތަކުގައި ލޭންޑްސްކޭޕް މަސައްކަތް މިއަދު ހަވާލުކުރެވުނު އިރު ފެނަކައިން ދަނީ އެތަނުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ސަރުކާރުން ދަނީ ނޮވެމްބަރު 17 ގެ ކުރިން ފްލެޓުގެ ހައްގުވެރިންނާއި ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޚިޔާލުތައް