ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ސާވޭ ކުރުމަށް މޯބައިލް އެޕްލިޝާނެއް ބޭނުންކުރަން ފަށައިފިއެވެ. ބިދޭސީންގެ ރަސްމީކޮށް ސާވޭ ފެއްޓެވުމުގެ ގޮތުން ފުވައްމުލައް ސިޓީގެ މޭޔަރު ފަލާޙު ޝަރީފު ވަނީ ގޭގެއަށް ޒިޔާރަތް ކުރައްވައި މިކަމަށް ތައްޔާރުކުރެވުނު މޯބައިލް އެޕްލިކޭޝަނަށް ބިދޭސީންގެ މައުލޫމާތު އަޅުއްވާފައެވެ.
މިއީ ފުވައްމުލައް ސިޓީ ކައުންސިލުން ފަށައިގެން އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިޔަށް ގެންދާ ސާވޭއެކެވެ.
މިސާވޭގައި 16 އެނިއުމަރޭޓަރުން (މައުލޫމާތު އެއްކުރާ މީހުން) ބޭނުންކުރަމުންދާނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވެއެވެ. މިމަސައްކަތުގެ ދަށުން މުޅި ފުވައްމުލައް ސީޓީ އެއްކޮށް ސާވޭކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ސާވޭގައި ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސީންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލެވޭނެ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
މިސާވޭއަށް ފަހު، ގަވާއިދާއި ޚިލާފަށް ފުވައްމުލައ ސިޓީަގއި ދިއުޅެ ފަރާތްތައް ގަވާއިދާއިއެއްގޮތަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލެވިގެން ދާނެއެވެ. އަދި މިކަމަށް ބޭނުންވާ އިމިގްރޭޝަން އެޕްއިންޓްމެންޓްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށިގެން ދާނެކަމަށެވެ.
މިސާވޭއަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިަކން ދެއްވުމަށް ސިޓީކައުންސިލްން ވަނީ އެދިަފއެވެ.
މުޅި ދިވެހިރާއްޖޭގައި ވެސް ބިދޭސީންގެ މައްސަލތައް ވަނީ އިންތިހާއަށ ްބޮޑުވެފައެވެ. މިކަންތައްތައް އާބާދީ ބޮޑު ސަރަހައްދުތަކުގައި ވަކިން ބޮޑެވެ. އެގޮތުން ރާއްޖޭގައި ތިބި ގިނަ ބިދޭސީންނަކީ ބަންގްލާދޭޝްގެ އަންސްކިލްޑް މަސައްކަތްތެރިން ކަން ވަނީ ހާމަވެފައެވެ. އަދި މީގެ ގިނަ މީހުންނަކީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ފަރާތްތަކެއްކަން ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ ކޮޅެއް މެދެއް ފެންނާން ނެތުމުން ސަރުކާރަށް އެންމެ ފަހުން ޖެހުނީ އެމީހުން ގަވާއިދުގެ ތެރެއަށް ގެންނާނެވެ. ބިދޭސީން ރާއްޖޭގައި ގަވާއިދާއި ކަލާފަށް އުޅުމުގައި އެމީހުން ގެންނަ ފަރާތްތކާއި ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތުކުގެ އިހުމާލު އޮތްކަން މިސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ޚިޔާލުތައް