ފުވައްމުލައް ސިޓީގެ އިޖުތިމާއީ މަރުޒަކަޒުގެ ޙާލަތު ޔޫތު މިނިސްޓްރީގެ އެކްޒެކްޓިވް ތޮލާލު މުހައްމަދު (ތުއްތު) ބައްލަވާލައްވައިފިއެވެ. ދާދި ފަހުން ޔޫތު މިނިސްޓރީއަށް އައްޔަން ކުރައްވާފައިވާ ތޮލާލު އާއިއެކު ޓީމަކުން ވަނީ ފުވައްމުލަކު އިޖުތިމާއީ މަރުކަޒަށް ވަޑައިގެން ތަނުގެ ހާލަތު ބައްލަވައި ރަގަޅުކުރަން ހުރި ކަންތައްތައް ފާހަގަކުރައްވައި އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރައްވާފައެވެ.
މި އިންސްޕެކްޝަންގައި ފުވައްމުލައް ސިޓީެގ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރުއާއި ފުވައްމުލައް ސިޓީ ކައުންސިލާއި ޔޫތު މިނިސްޓްރީގެ އިތުރު ބައެއް ފަރާތްތަކުން ބައިވެރިވެފައި ވެއެވެ.

ފުވައްމުލައް ސިޓީ އިޖުތިމާއީ މަރުކަޒުގެ ޙާލަތު ދެނެގަތުން
އިޖުތިމާއީ މަރުކަޒުގެ މުވައްޒަފުންނާއި ތަޮލާލު ތަލާލު ވަކިން ބައްދަލުކުރައްވާފައި ވެއެވެ.
ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގެ ޙާލަތު ވަރަށް ދަށަށް ގޮސްފައިވާ ކަމުގެ ޝަކުވާ ޒުވާނުން ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
ފުވައްމުލައް ސިޓީގެ އިޖުތިމާއީ މަރުކަޒުގައި ގާއިމުކުރެވިފައިވާ ގިނަ ކުޅިވަރުތަކުގެ ފޯރި ގެއްލިފައި ވަނީ އެތަނުގެ ހާލަތާހެދި ކަމަށް މިއަހަރު ޖުލައި މަހު މެދުދާއިރާގެ އެމްޕީ ބޭއްވި ބައްދަލުވުމެއްގައް ޒުވާނުންގެ ފަރާތުން ވަނީ ހަމަކޮށްފައެވެ.
އެގޮތުން ބިލިއާޑް ބޯޑުތައް ބޭނުން ކުރެވުނު ނަމަވެސް ހިރަފުހުގެ އުނދަގޫ ބޮޑު ކަމަށެވެ. ޓީޓީ މޭޒާއި ކެރަމް އަދި ޑާރޓް ކުޅެވޭ ގޮތަށް ހުރި ނަމަވެސް ތަނުގެ ހޫނު ގަދަކަމުން ޝަކުވާ ބޮޑުކަމަށް ވެއެވެ. އެޖަލްސާގައި އެތަނު ސިފަވެެގން ގޮސްފައި ވަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވާ އިޖުތިމާއީ މަރުކަޒުތަކަށް ވުރެ މާހާލަތު ދަށްކޮށް ހުރި ތަނެއްގެ ގޮތުގައެވެ.

ފުވައްމުލައް ސިޓީ އިޖުތިމާއީ މަރުކަޒުގެ ޙާލަތު ދެނެގަތުން
ފުވައްމުލައް ސިޓީގެ އިޖުތިމާއީ މަރުކަޒު ރަނގަޅަށް ބެލެހެއްޓުމަށް މުވައްޒަފުން ނެތްކަމަށާއި ވީރާޏާ ވަންތަން ތަން މަރާމާތު ކުރމަށާއި ތަނުގައި އއެކިއެކި ހަރަކާތްތައް ހިންގަން ބަޖެޓެއް ނުލިބި ކަންކަން ކުރިޔަށް ނުގެންދޭވޭ ކަމަުގެ ޝަކުވާ އިޖުތިމާއީ މަރުކަޒުގެ ފަރާތުން ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ފުވައްމުލަކު އިޖުތިމާއީ މަރުކަޒު ބެލެހެއްޓުމަށާއި ކަންކަން ކުރުމުގައި މުޅިއެކު ތިބީ 1 ނުވަތަ 2 މީހުން ކަމަށެވެ.
ފުވައްމުލައް ސިޓީގެ ޒުވާނުންގެ ފަރާތުން މުހައްމަދު ފައިޝަމު (އިޖުތިމާއީ މަރުކަޒާއި ހަވާލުވެ ހުރި) އެމްޕީގެ ބައްދަލުވުމުގައި އެދިފައި ޔޫތު މިނިސްޓރީއާއި ވާހަކަ ދައްކައިގެން އިޖުތިމާއީ މަރުކަޒުގެ ކުޅޭ ހޯލު އޭސީ ކުރެވޭނެ ގޮތެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށް ދެއްވުމަށެވެ.
އައުޓްޑޯރ ކުޅިވަރުތަކުގެ ގޮތުގައި ވޮލީ އާއި ނެޓްބޯޅަ އަދި ފުޓުބޯޅަ ކުރިޔަށް ގެންދެވެން އޮތީ ލައިޓް ހަރުކުރެވިގެން ކަމަށެވެ. ކުރިން އެ މަރުކަޒުގައި ވޮލީ އާއި ނެޓްބޯޅަ އަދި ބާސްކެޓް ބޯޅަ ވެސް ލައިޓް ދިއްލައިގެން ރޭގަނޑު ކުޅެފައިވާކަމަށެވެ.
މިކަންކަން އަވަސް މުއްދަތެއްގައި ކުރެވިއްޖެނަމަ ފުވައްމުލައް ސިޓީ އިޖުތިމާއީ މަރުކަޒަށް ދިރުން ލިބި ޒުވާނުން ހިތްޖެހޭ ތަނަކަށް އެތަން ވެގެންދާނެ ކަމުގެ އުއްމީދުވެސް
މިއަހަރު، 2019 ވަނަ އަހަރުގެ ޔޫތު މިނިސްޓރީގެ ބަޖެޓުގައި ފުވައްމުކުގެ ކުޅިވަރުގެ އެކިއެކި ކަންކަމަށް ޕީއެސްއައިޕީގެ ދަށުން ކަނޑައަޅާފައި ޕްރޮޖެކްޓްތައް ތަންފީޒު ނުކުރެވިވާ ކަމަށް މެދުދާއިރާގެ އެމްޕީ ހުސޭން މުހައްމަދު ސީއެންއެމަށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރައްވާފައި ވެއެވެ. އަދި އެކަންތައްތައް ކުރިޔަށް އޮތް 2020 ގެ ބަޖެޓްގައި ހިމަނާފައި ނެތް ކަމުގައިވިޔަސް ބަޖެޓް މަޝްވަރާގެ ކޮމެޓީ މަރުހަލާ ނިމިގެންދާއިރު މިއަހަރުގެ ބަޖެޓް އެކްސްޓެންޝަނަށް އެކަންތައްތައް އިތުރުކުރެވި ފުވައްމުލަކުގެ ރައްޔިތުން އުއްމީދު ކުރާފަދަ ކުޅިވަރުގެ ބަޖެޓެއް 2020 ފެނިގެން ދާނެކަމަށް އުއްުމީދުކުރައްވާ ކަމަށް އެމްޕީ ވިދާޅުވިއެވެ.އޭނާ ހާމަކުރިއެވެ.

ފުވައްމުލައް ސިޓީ އިޖުތިމާއީ މަރުކަޒުގެ އިންޑޮ ކުޅިވަރު ހޯލު
ފުވައްމަލުގެ ކުޅިވަރުގެ ގިނަ ކަންތައްތަކެއް މިއަރުގެ ބަޖެޓްގައި ހިމެނިގެން ދާނެކަމަށް އެމްޕީ ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީ އިޖުތިމާއީ މަރުކަޒުގެ ޖިމް އަށް ގިނަބައެއްގެ މަގުބޫލުކަން ލިބިފައި ވެއެވެ. އަޖި ޖިމްގެ ޝެޑިއުލަތައް ވެސް ފުރި ބާރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ޚިޔާލުތައް