A wide advertisement which will be shown on all devices. (700 x 100)

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް މާދަމާ ޚާއްސަ ފައިބޯޅަ މެޗަކާއި ވޮލީ މެޗެއް

ޒުވާނުންގެ ދުވަސްފާހަގަ ކުރުން 2021

މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި މާދަމާ ޚާއްސަ ފައިބޯޅަ މެޗަކާއި ވޮލީބޯޅަ މެޗެއް ކުޅުމަށް ތައްޔާރުވަމުން އެބަދެއެވެ. މިިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ “ޒުވާނުންގެ ބައިވެރިވުން – ގައުމުގެ ކުރިއެރުން” އެވެ.

މާދަމާ ގެ މެޗާއި ގުޅޭ ގޮތުން މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގެ ޔޫތު އެސޯސިއޭޓް އަލީ ޝަރީފު ހާމަކުރެއްވި ގޮތުގައި މާދަމާގެ ފައިބޯޅަ މެޗުގައި ވާދަކުރާނީ ރަށުން ހޮވާލެވޭ ދެޓީމެކެވެ. އެގޮތުން މިވަގުތު ރަށުގައި ތިބި ފައިބޯޅައިގެ މަޝްހޫރު ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވާނެއެވެ. މިމެޗު އޮންނާނީ ހޯދަޑު ޓާފް ފުޓްބޯޅަ ދަނޑުގައި ހަވީރު 4:00 ގައެވެ.

ހޯދަޑު ދަނޑު ތައްޔާރުކުރުމުގެ މަސައްކަތް

މިމެޗަށް ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގައި ޔޫތު އެގްޒެކްޓިވް ތަލާލު މުހައްމަދު އާއި ފުވައްމުލައް ސިޓީ ކައުންސިލުން ގުޅިގެން ހަރަކާތްތެރިވަމުން އަންނަކަމަށް މައުލޫމާތު ދެއްވިއެވެ. ޓާފު ދަނޑުތައް ބެލެހެއްޓުމުގެ މަސައްކަތަށް ދާދި ފަހުން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ޚާއްސަަ އުޅަނދެއް ހޯދާފައެވެ.

މާދަމާ ރޭ 8:00 ކުޅުމަށް ހަމަޖެހިފައިވަނީ ޚާއްސަ މިކްސް ވޮލީ މެޗެކެވެ. މިމެޗުގައި ވާދަކުރާނީ ރަށުގެ ކުރީ ޒަމާނުގައި އޮންނަ ދެއަރީގެ ދެޓީމެވެ. އެއީ މިދުވަސްކޮޅު ރަށުގައި މައިގަނޑިގޮތެއްގައި ވޮލީ ކުޅެމުން އަންނަނީ ދަޑިމަގު ވޮލީ ކޯޓާއި މިސްކިތްމަގު ވޮޅީ ކޯޓުގައި ކަމުން މި ދެ ކޯޓަށް ކުޅެންދާ މީހުންގެ ތެރެއިން ހޮވާލެވޭ ދެޓީމެވެ. ވޮލީ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައެވެ.

މިމެޗުތައް އިންތިޒާމުކުރަނީ ފުވައްމުލަކު ޔޫތު އެންދް ކޮމިއުނިޓީ ސެންޓާރާއި ފުވައްމުލައް ސިޓީ ކައުންސިލް އަދި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !