A wide advertisement which will be shown on all devices. (700 x 100)

ހަފުތާ ރެސް އަންނަ ހަފުތާ ބަންދުގައި، ޑިސެމްބަރު 13، 14

ހަފުތާ ރެސް ގެ އިސްތިހާރެއް

ހަފުތާ ރެސްގެ ނަމުގައި ބޭއްވުމަށް އިއުލާން ކުރި ފެއަރ މ ިޑިސެމްބަރު މަހު 13، 14 ގައި ފެށުމަށް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ފުވައްމުލައް ސިޓީ ކައުންސިން ހާމަކުރައްވާފައިވާ ގޮތުގައި މި ފެއަރ ބޭއްވޭނީ އަންނަ ހަފުތާ ބަންދު ދެ ދުވަސް ކަމަށްވާ ހުރު އަދި ހޮނިހިރު ދެ ދުވަހު ފުވައްމުލައް ސިޓީ ރަސްމީ ބޯޅަ ދަނޑުގައެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ހަފްތާ ނިންމުމުގެ ގޮތުން ވީކްއެންޑް މާރކެޓް އާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމް ހިމެނޭގޮތަށް ދާއިމަށް ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ. މި އިވެންޓުގައި ކުރިޔަށްގެންދެވޭ ހަރަކާތްތަކުގެ ތެރޭގައި ސްކޫލް ކުދިންގެ އެކި ކަހަލަ ސްޓޭޖް ހަރަކާތްތަކާއި އެކު ބޭއްވޭ ކުޑަކުދިންގެ ހަވީރަކާއި، ޒުވާނުންނަށް ހާއްސަކޮށް މިއުޒިކް ޝޯ އެއް ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ ސްޓޯލްތައް ވެސް މި އިވެންޓްގައި ހިމެނޭނެ ކަމަށް ސިޓީ ކައުނސިލުން ހާމަކުރެއެވެ. އާއްމު ރައްޔިތުންނަށާއި ވިޔަފާރިތަކުން މި އިވެންޓުގައި ސްޓޯލް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހަފްތާ ރެސް ގެ މައިގަނޑު މަޤްސަދަކީ، އާންމު ފަރުދުންނާއި، ޒުވާނުންނަށާއި، އަންހެނުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވިޔަފާރީގެ މާހައުލަށް ތައާރަފްކޮށް، އެކަމަށް ހިތްވަރު ދިނުން ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. މީގެ ިއތުރުން ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތައް ކުރިއަރުވައި، އެފަރާތްތައް ބާރުވެރިކުރުވައި ރައްޔިތުންނަށް ބާޒާރުން ލިބެންހުންނަ އަގަށްވުރެ ހެޔޮ އަގުގައި އެއްތަނަކުން ތަކެތި ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެ ވެއެވެ.

މި އިވެންޓުގެ ތެރެއިން މުޖުތަމައުގެ އެއްބައިވަންތަކަން ކުރިއަރުވައި ދެމެހެއްޓުމާއި އެކުވެރި، އުފާވެރި މާހައުލެއްގައި ހުރިހާ އުމުރެއްގެ މީހުންނަށް މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކޮށް ދިނުން ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވާފައި އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !