A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީގެ އޭލެވެލް ކްލާސްތަކަށް ވަނުމަށް ހުޅުވާލައިފި

ޏ.އޭއީސީގެ އޭލެވެލް ކްލާސްތަކަށް ވަނުމުގެ ޖާގަ ހުޅުވާލައިފި

މިއަހަރު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އޭލެވެލް ކްލާސްތަކަށް ވަނުމުގެ ޖާގަ ހުޅުވާލައިފިއެވެ. އެގޮތުން ހުޅުވާލާފައި ވަނީ ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތަށެވެ.

ގްރޭޑް 11 އަށް އެޑެކްސެލް އޭލެވެލް އާއި ބީޓެކް ޑިޕްލޮމާ ޕްރޮގްރާމްގެ އިތުރުން މަސައްކަތްތެރިކަމުގެ “ޓިވެޓް” ކޯސްތަކަށް ވަނުމުގެ ޖާގައަށް ވެސް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުތުތައް ތަފާތެވެ.

ޔުނިވަރސިޓީ އޮފް ލަންޑަންގެ އެޑެކްސެލް އޭލެވެލް އަށް އަމާޒުކޮށްގެން ކިޔަވާ ގްރޭޑް 11 އަދި 12 ގެ 2 އަހަރު ދުވަހުގެ ޕްރޮގްރާމަށް ވަނުމުގެ ޝަރުތުތަކަކީ:

އައިޖީސީއެސްއީ ނުވަތަ ޖީސީއެސްއީ އޯލެވެލް އިމްތިހާނުގެ އިޚުތިޔާރުކުރާ ސްޓްރީމަކުން ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު އިތުރު އެއް މާއްދާއިން ސީ ފާސްް ނުވަތަ އެއަށްވުރެ މަތިން ލިބިފައިވުމެވެ. އަދި މީގެ އިތުރުން އެސްއެސްސީ އިމްތިހާނުގެ އިސްލާމް، ދިވެހި މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައި ވުން ހިމެނެއެވެ. މީގެ އިތުރުން އޭލެވެލްގައި ކިޔަވަން ބޭނުންވާ 2 މާއްދާއިން އޯލެވެލް ގައި ފާސްވެފައި އޮންނަން ޖެހެއެވެ. ޏ.އޭއީސީގައި އޭލެވެލް އަށް އާއްމުކޮށް ކިޔަވަނީ ސައިންސް ސްޓްރީީމާއި ބިޒިނަސް ސްޓްރީމުގައެވެ.

ޕިއަސަން ބީޓެކް އިންޓަރނޭޝަނަލް ލެވެލް 3 ގެ ޑިޕްލޮމާ ކޯހަށް ވަނުމުގެ ޝަރުތަކީ، ޕިއަރސަން އިންޓަރނޭޝަނަލް ލެވެލް 2 ގެ ޑިޕްލޮމާ ކޯހަކުން ދަށްވެގެން “ފާސް” ލިބިފައިވުމެވެ. އަދި އައިޖީސީއެސްއީ، ޖީސީއެސްއީ އޯލެވެލް، ނުވަތަ އެސްއެސްސީ އިމްތިހާނުން ކޮންމެ ވެސް 4 މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުމެވެ.

ދަސްވާރު ލެވެލް 2 އިން ފާސްވުމާއެކު އައިޖީސީއެސްއީ، ޖީސީއެސްއީ އޯލެވެލް، ނުވަތަ އެސްއެސްސީ އިމްތިހާނުން ކޮންމެ ވެސް އެއް (1) މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވާނަމަ ޓިވެޓް ކޯސްތަކަށް ވަނުމުގެ ޝަރުރުތު ހަމަވެއެވެ.

މީގެ އިތުރުން އަޚުލާގު ރަނގަޅު ކުއްޖަކަށް ވުމާއި ކައިވެންޏެއް ކޮށްފައިނުވާ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށްވާން ޖެހެއެވެ.

ފާއިތުވި އަހަރުތަކުގައި ފުވައްމުލައް ސިޓީއިން އޭލެވެލް ގައި ކިޔަވާ ދަރިވަރުުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. އެގޮތުން މިހާރު އޭލެވެލް ކިޔަވާ ކުދިން އުޅެނީ ކޮންމެ ގްރޭޑެއްގައި 35 ވަރަކަށް ކުދިންނެވެ.

2018 ވަނަ އަހަރު ޏ.އޭއީސީގެ އޭލެވެލް ކްލާސްތަކުގައި ތިބީ ޖުމްލަ 66 ކުދިންނެވެ. އެއީ 36 އަންހެން ދަރިވަރުންނާއި 30 ފިރިހެން ދަރިވަރުންނެވެ. ގްރޭޑް 11 ގައި 32 އަދި ގްރޭޑް 12 ގައި 34 ދަރިވަރުންނެވެ. އެއަހަރުގައި ގްރޭޑް 10ގައި 183 ދަރިވަރުން ކިޔެވިއެވެ. ވުމާއެކު ޏ.އޭއީސީގައި އޭލެވެލް އަށް ކިޔަވަނީ އެސްކޫލުގައި އޯލެވެލް ހަދާ ދަރިވަރުންގެ ތެރެއިން އެންމެ %17.5 ދަރިވަރުންނެވެ.

މުޅި ރާއްޖޭގައި ހުރި އޭލެވެލް އަށް ކިޔަވައިދޭ 50 ސްކޫލް ހުރެއެެވެ.

މިއަދަދުތައް ދަށްވުމުގައި ބައެއް ލޯކަލް ޓީޗަރުންގެ ދައުރެއް ވާކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި ބެލެނިވެރިން ބުންޏެވެ. އެމީހުން ހާމަކުރި ގޮތުގައި މިއަދަދުތައް ދަށްވަނީ 2 ސަބަބަކާހުރެއެވެ. އެއްކަމަކީ ސްކޫލުގެ އޭލެވެލް އާއި މެދު އިތުބާރު ކުޑަވަމުން ދިއުމެވެ. އޭލެވެލްގައި ކިޔަވައިދެނީ މުޅިންހެން ބޭރު ޓީޗަރުންނެވެ. އަނެއް ސަބަބަކީ ބައެއް ދިވެހި ޓީޗަރުން އޯލެވެލް ނިންމާ ކުދިންނަށް އޭލެވެލް އަކީ ބޭނުން ނެތް އެއްޗެއްގެ ގޮތަށް ވިސްނައިދޭ ދިނުމެވެ.

ބައެއް ބެލެނިވެރިން ތުހުމަތުކުރާ ގޮތުގައި ޓީޗަރުން އެގޮތަށް ކުދިންނަށް ވިސްނައިދެނީ އެމީހުން ޕާޓްޓައިމްކޮށް ކިޔަވައިދޭ ކޮލެޖުތަކުގެ ފައުންޑޭޝަން ޕްރޮގްރާމަށް އެކުދިންތައް ގެންދިއުމުގެ ބޭނުމުގައެވެ. މިކަމުގެ ކަންބޮޑުވުން ބެލެނިވެރިން ހާމަކުރެއެވެ.

ފާއިތުވި އަހަރުގެ އޯލެވެލް އިމްތިހާނުން ޏ.އޭއީސީން ވަނީ ރަނގަޅު ކާމިޔާބީއެއް ހޯދާފައެެވ. އެގޮތުން ގައުމީ ގަދަ 10ގައި ހިމެނޭ ފެންވަރަށް 14 ކުއްޖަކު ފާސްވެފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !