ދިވެހި ރާއްޖޭގައި މަސައްކަތް ކުރުމަށް އައިސް ތިބި ބިދޭސީ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހު ފުވައްމުއް ސިޓީގައި ކުރިޔަށް ގެންދިއުމަށް ސިޓީ ކައުންސިލުން ނިންމައި އެކަން އާއްމުކޮށް އިއުލާންކޮށްފިއެވެ.
މިޕްރޮގްރާމުގެ ދަށުން ގަވާއިދަށް ފެއްތުމަށް މަސައްކަތް ކުރެވެނީ މިހާރު ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި ނުވަތަ ދެވިފައިވާ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީންނާއި ކާކުކަން އަންގައިދޭ ސައްޙަ ލިޔުމެއް ނެތި ފުވައްމުލަކުގައި އުޅޭ ބިދޭސީންނެވެ.
ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބިދޭސިންގެ ތެރެއިން ރެގިއުލަރައިޒްވެ ބިދޭސީންގެ ދަފްތަރު ގައި ރަޖިސްޓްރީ ވުމަށް އެދޭފަރާތްތަކަށް އެޕޮއިންޓްމަންޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ، 26 ޖެނުއަރީ 2020 އަންނަ އާދީއްތަ ދުވަހު ހެނދުނު 11؛00 އިން އިރު އޮއްސި 6:00 އަށެވެ.
ފުވައްމުލައް ސިޓީގައި ގަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސިން ދެނެގަނެ އެމީހުންގެ ދަފްތަރެއް އެކުލަވާލުމަށް ސާވޭއެއް 2019 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ކުރިޔަށް ގެންގޮސްފައި ވެއެވެ. މިސާވޭގެ ނަތީޖާ އާއްމުންނާއި އަދި ހިއްސާކުރެވިފައެއް ނުވެއެވެ. އަދި ފުވައްމުލަކުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސސީންގެ ދަފްތަރެއް އެކުލަވާލެވުމުގެ މަސައްކަތް ކުރެވެމުން ދިޔަ ނަމަވެސް އަދި ދަފްތަރެއް އެކުލަވާލެފވިފައި ނުވަކަމަށް މިކަލް ނޫހަށް އެނގިފައި ވެއެވެ. އޭރު ސިޓީ ކައުންސިލުން ހާމަކުރައްވާފައިވަނީ އެސާރވޭއަށް ފަހު ހަފުތާއެއްގެ ތެރޭގައި ރެގިއުލަރައިޒޭޝަން އެޕޮއިންޓްމެންޓް ޖައްސައިދޭން ފެށޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަން މިވަނީ އަންނަ އާދީއްތަ އަށް ލަސްވެފައެވެ.
ފާއިތުވި 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު 19 ގައި މިޕްރޮގްރާމު ރަސްމީކޮށް ފަށްޓާފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މުޅި ދިވެހިރާއްޖެއެކޭ އެއްގޮތަށް ފުވައްމުލައް ސިޓީގައި ވެސް ބިދޭސީންގެ މައްސަލަތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ރާއްޖޭގައި ތިބި ގިނަ ބިދޭސީންނަކީ ބަންގްލާދޭޝްގެ އަންސްކިލްޑް މަސައްކަތްތެރިން ކަން ވަނީ ހާމަވެފައެވެ. އަދި މީގެ ގިނަ މީހުންނަކީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ފަރާތްތަކެއްކަން ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
ޚިޔާލުތައް