A wide advertisement which will be shown on all devices. (700 x 100)

ފަރަށްއެރި ބޯޓް ފުންނުކުރެވިގެން ހުރިހާ ހިލަތަކެއް މޫދަށް އަޅާލަނީ

ފެނާއި ނަރުދަމާގެ ސާމާނު ހިފައިގެން އައިސް ފުވައްމުލަކަށް ކައިރި ކުރަނިކޮށް އޮގަސްޓް 13 ވަނަ ދުވަހު ފަރަށް އެރި އެންޖީއޯސީ ސަން ފުން ކުރުމަށް އެބޯޓުގައި ހުރި ހިލަ އާއި ހިލަވެލީގެ ދެބައިކުޅަ އެއްބައި މޫދަށް ދޫކޮށްގެންވެސް ފުން ނުކުރެވިގެން ބާކީ ހުރި ހިލަ އާއި ހިލަވެލި މޫދަށް އަޅަން ފަށައިފިއެވެ.

ބޯޓުގައި ހުރި ދެބައިކުޅަ އެއްބައި މުދާ އުކާލުމަށްފަހު، ޓަގު ބޭނުންކޮށްގެން ބޯޓު ހިފާލި ވަގުތު ބޯޓަށާއި ފަރަށް އިތުރު ގެއްލުމެއް ލިބިދާނެ ކަމަށް ފެނުމުން އެ މަސައްކަތް ވަނީ ހުއްޓާލައިފައިވާ ކަމަށް ބޯޓު ފުންކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން ބުނެއެވެ. 

ބޯޓުގައި ހުރި ހިލަ އާއި ހިލަވެލި އުކާލުމަށްފަހު، ބޯޓު ފުން ކުރަން ހިފަން ފަށާނެ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

ފަރަށް އެރި ބޯޓް ފުންކުރުމަށް މީގެކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ދިން 15 ދުވަހުގެ މުއްދަތުގައި އެކަން ނުވެގެން އަލުން 15 ދުުވަހަށް އިތުރުކޮށްދީފައިވާ މުއްދަތު އަންނަ އަންގާރަ ދުވަހު ހަމަވާނެއެވެ.

‎ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެކަމަކު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވިއެޓްނާމްގެ މުދާ އުފުލާ ބޯޓަކާ އެވެ. މި ބޯޓް ފުންކުރުމުގެ މަސައްކަތާއި ހަވާލުވެފައި ވަނީ ސިންގަޕޫރުގެ ކުންފުންޏަކުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !