A wide advertisement which will be shown on all devices. (700 x 100)

މިއަދުން ފެށިގެން ކުރިޔަށް އޮތް ސަރުކާރު ބަންދު ހަފުތާގައި ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

ފުވައްމުލަކު ހޮސްޕިޓަލުގެ ހާލަތު ސިޓީގެ މޭޔަރު ފަލާހު ބައްލަވާލައްވަނީ

މިއަދު، 19-26 މާރިޗް އަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް ނިންމެވުމާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައި ވާކަމަށް އެހޮސްޕިޓަލުން ހާމަކުރެއެވެ.

މިއީ މިދުވަސްވަރު ދިވެހި ރާއްޖޭގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ސަރުކަރުން ނިންމަވާފައިވާ ނިންމުމެކެވެ. އެގޮތުން ބަދަލުތައް ގެނެސްފައި ވަނީ ހޮސްޕިޓަލުގައި މީހުން ގިނަ ނުވާނޭހެން ޚިދުމަތްތައް ދެވޭ ގޮތަށް ބަލައިގެން ކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ. އެގޮތުން ބައެއް ޚިދުމަތްތައް އެއްކޮށް މެދުކަނޑާލާފައި ވެސް ވެއެވެ.

އެގޮތުން ބަންދުކުރާ މުއްދަތަށް މެދުކަނޑާލެވޭ ޚިދުމަތްތަކުގެ ތެރޭގައި ދުރާލާ ރޭވިގެން ކުރާ އޮޕަރޭޝަންތައް އަދި ފިޒިއޮތެރަޕީގެ ޚިދުމަތާއި ދަތުގެ ފަރުވާ ހިމެނެއެވެ. ނަމަވެސް އޯޕީޑީ ދަތުގެ ފަރުވާ މިއަދު، ބުރާސްފަތި ދުވަހު ކުރިޔަށް ގެންދެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ހޮސްޕިޓަލްގެ މައުލޫމާތު މޭޔަރު ފަލާހުއަށް ދެއްވަނީ

އާއްމުކޮށް އެ ހޮސްޕިޓަލުން ކުރިޔަށްގެންދާ، އޯޕީޑީ ޚިދުމަތާއި، އެކްރޭ އަދި ލެބޯޓަރީގެ ޚިދުމަތް ވެސް ވަނީ ހެނދުނު 9؛00 މެންދުރުފަހު 3؛00 އަށް ކުރުކުރެވިފައެވެ.

މިފަދަ ދަތި ވަގުތު ތަކުގައި، އައްމު ރައޔިތުންނަށް ދިތިތަކާއި ކުރިމަތިވި ކަމުގައިވިޔަސް އެންމެހާ ބޭފުޅުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ހޮސްޕިޓަލުން ޝުކުރުވެރިވާކަމަށް ހާމަކުރެއެވެ.

ހޮސްޕިޓަލުގައ ޚިދުމަތްތައް އަލުން ތަރުތީބު ކުރެވިފައިވަނީ:

ސްޕެޝަލިސްޓު ޑޮކްޓަރުން ބަލިމީހުން ބެއްލެވުން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00އަށެވެ.

ބުރާސްފަތި (19 މާރިޗު)ގައި: އަންހެނުންގެ ޚާއްސަ ބަލިތަކަށް، ސާޖަންގެ ޚިދުމަތް، އެތެރެހަށީގެ ބަލިތަކަށް، ލޮލުގެ ބަލިތަކަށް، ކުޑަކުދިންގެ ބަލިތަކަށް، ރޭޑިއޮލޮޖިސްޓްގެ ޚިދުމަތް.

ހޮނިހިރު (21 މާރިޗު)ގައި: އަންހެނުންގެ ޚާއްސަ ބަލިތަކަށް، ކަށީގެ ބަލިތަކަށް، އަދި ކުޑަކުދިންގެ ބަލިތަކަށް،

އާދީއްތަ (22 މާރިޗު)ގައި: އަންހެނުންގެ ޚާއްސަ ބަލިތަކަށް، ސާޖަންގެ ޚިދުމަތް، އެތެރެހަށީގެ ބަލިތަކަށް، ލޮލުގެ ބަލިތަކަށް، ކުޑަކުދިންގެ ބަލިތަކަށް، ރޭޑިއޮލޮޖިސްޓްގެ ޚިދުމަތް.

ހޯމަ: (23 މާރިޗު)ގައި: —

އަންގާރަ (24 މާރިޗު)ގައި: އަންހެނުންގެ ޚާއްސަ ބަލިތަކަށް، ކަށީގެ ބަލިތަކަށް، އަދި ކުޑަކުދިންގެ ބަލިތަކަށް،

ބުދަ (25 މާރިޗު)ގައި: އަންހެނުންގެ ޚާއްސަ ބަލިތަކަށް، ސާޖަންގެ ޚިދުމަތް، އެތެރެހަށީގެ ބަލިތަކަށް، ލޮލުގެ ބަލިތަކަށް، ކުޑަކުދިންގެ ބަލިތަކަށް، ރޭޑިއޮލޮޖިސްޓްގެ ޚިދުމަތް.

ބުރާސްފަތި (26 މާރިޗު)ގައި: އަންހެނުންގެ ޚާއްސަ ބަލިތަކަށް، ކަށީގެ ބަލިތަކަށް، އަދި ކުޑަކުދިންގެ ބަލިތަކަށް،

ހޮސްޕޓަަލުގެ އާއްމު އެންގުން

ފުވައްމުލަކު ހޮސްޕިޓަލުގެ ޕޭޝަންޓް ވާޑް އެއް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !