ފުވައްމުލައް ސިޓީގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތަކަށް އަންނަ ހޮނިހިރު (21 މާރިޗު) ދުވަހު ރަށުގެ ދޫނޑިގަމާއި ވީކޮޅުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.
އެގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 8:30 އިން 10:30 އަށް މަސައްކަތް ކުރިޔަށްގެންދިއުމައްތަކައި ކަރަންޓް ކަނޑާލެވޭނެއެވެ.
ހޮނިހިރު ދުވަހުގެ މަސައްކަތަށް ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ މާލެގަމު އަވަށުގެ އަލުވިމާގެ ހުރި ހިސާބުން ފެށިގެން ދޫނޑިގަމާއި ވީ ކޮޅާއި މުޅި ދޫނޑިގަން އަވަށުގެ ގެތަކުން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.
ފެނަކަ-ފުވައްމުލައް އިން ހާމަކުރާ ގޮތުގައި ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ ގޮތުން 5 ނަމްބަރު ޓްރާންސްފޯމަރާއި ގުޅިފައިވާ ސްވިޗްގިއަ އާއި ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވެއެވެ.
އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކު ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ކަނޑާފައި ބެހެއްޓުމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ.
ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންނަމަ 9874194 ނޫންނަމަ 6865009 އަށް ގުޅުއްވުމުން މައުލޫތު ސާފުކޮށް ދޭގޮތަށް ހަމަޖެހިފައި ވެއެވެ.
ޚިޔާލުތައް