މާދަމާ، 5 ސެޕްޓެމްބަރު 2021 ވާ އާދީއްތަ ދުވަހު މެންދުރު ފަހު ހެނދުނު 1:30 އިން ހަވީރު 4:00 އަށް ފުނާޑު އަވަށުގެ ބަޔަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލަކުން ހާމަކޮށްފިއެވެ.
މާދަމާ ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަނީ ފުނާޑު ސީނިއާގެ ފާރުގައި ބެހެއްޓިފައިވާ ޑިސްޓްރިބިއުޝަން ފޮށި ބަދަލުކުރުމުގެ މަސައްކަތަށް ކަމަށް ހާމަކޮށްފައި ވެއެވެ. އެމަސައްކަތް ކުރެވެން އޮތީ ބައެއް ހިސާބުތަކުން ކަންރަންޓް ކަނޑާލައިގެން ކަމަށް ވާތީ މަސައްކަތް ކުރުމަށް 2 ގަޑި 30 މިނިޓަށް ކަރަންޓް ކަނޑާލަން ހަމަޖެހިފައިވާ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.
5 ސެޕްޓެމްބަރު 2021 ގައި ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ:
ފުނާޑު އަވަށުގެ އެމެތީސްޓް، އުޑުވިލާގެ، ހުރާ، އުފާ، ވެރާ،، މަލަސް، ލަގްޒަރީވިލާ، ލޮޒެންޓް، ވައިލެޓްފެހި، ފަހި، ރަންތަރި، ހިއްސާ، ހިރިގާ، އެލަސްކާ، ސޭވް، އަލްހާ، ޔުމްނު، މާނައިދޫގެ، އޮފީލިޔާ، ކަނޑީގެ، މަހައްލު، ބީޗްވިލާ، ސަފާ، އަޒުމު، ގްޑްލަކް ހިރޯ، ނޫރީފެހި، ދޯދި، ޝިއާ، ސަބާ، ލޫފިން، އާރީޒް، ދިރޭ، ފްލޯރާސް، ހިރިޔާ، ރޯމް، ގުލަޝަން، އޮޑެހެ، ފާޒް، ރަންވަރަ، ޝާފީ، މެރޫނާ، ވެމްކޯ އޮފީސް، ސެމީ، ނަލަފިޔަ، މަލްވާނާ، ޖަވާހިރުމަންޒިލް، ހެޕިނެސް، ލިވާޕޫލް، ނަވާ އާއި އާމީޒް ހިމެނޭ ސަރަހައްދެވެ.
އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.

މިސްކިތްމަގު ގެއެއްގެ ކަންތް ލިބޭ މިވަރު ބަލަން ހަރުކޮށްފައިވާ މީޓަރެއްގެ ރީޑިން- އޮގަސްޓް 2021
ފުވައްމުލައް ސިޓީގެ ބައެއް ހިސާބުތަކަށް އެކަށީގެންވާ ކަރަންޓް ވޯލްޓޭޖް ފޯރުކޮށް ނުދެވޭ ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. ފުވައމްުލައް ސިޓީގައ ކަރަންޓް ދޫކުރުމަށްް ކަނޑައަޅާފައިވާ ވޯލްޓޭޖަކީ 220 އެވެ. ނަމަވެސް ބައެއް ހިސާބުތަކަށް ކަރަންޓް ފޯރުކޮށް ދެވެނީ 150 ވޯލްޓޭޖުގައެވެ. އެގޮތުން ވޯލްޓޭޖު ދަށްވުމުން ކަރަންޓް (އެމްޕެއާސް) ބޭނުންކުރެވޭ ވަރު މަތިވެ އެ ގެއެއްގެ ކަރަންޓް މީޓަރުން ބޭނުންކުރެވުނު ކިލޯވޯލްޓެޖް މަތިވެ ބިލް ބޮޑުވެގެން ދާނެކަމަށް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.
ފުވައްމުލަކުގެ ކަރަންޓް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އައު އިންޖީނުގެއެއް އެޅުމާއި ކަރންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑު ޕްރޮޖެކްޓެއް ފަށައިގެން ކުރިޔަށް ދެއެވެ.
ޚިޔާލުތައް