މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރާއި 29 އަހަރުގެ ދެ ފިރިހެނުންނެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ޚިލާފުވާ މީހުންނަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.
ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް ދިއުން މަނާކޮށްފައި ވަނީ މި މާރިޗު މަހު 18 ވަނަ ދުވަހުއެވެ.
ކޮވިޑު19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ ހަނގުރާމައިގައި ސިއްހީ ޚިދުމަތްތެރިންނާއި ދިވެހި ސަރުކާރުން ހޯއްދަވަމުން ގެންދަވާ ކާމިޔާބީއަށް ޕްރޮފެސަރ އުގެއިލް ފަށްފަށުން ތަހުނިޔާ ދަންނަވަމުން ހާމަކުރައްވާފައި ވަނީ މިއީ ދަތި ދަނޑިވަޅެއް ކަމަށެވެ. އެކަމަކު ކިތަންމެ ދަތި ނިންމުމެއް ސަރުކާރުން ނެރުނު ކަމުގައި ވިއަސް އެކަމަށް އިޖާބަ ދިނުން މުހިންމު ކަމަށެވެ.
ޚިޔާލުތައް