ކޯވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީަގއި އަޅާފައިވާ ފިޔަވަޅުތައް ބެލުމުގައި ހަރަކާތްރިވާ ޓާސްކްފޯހުން އަންނަނީ ފުވައްމުލައް ސިޓީގެ ރަށުތެރޭގައި ފިހަރަތަކާއި، ކެފޭ އަދި ގާޑިޔާ ފަދަތަންތަނުގެ ހަރަކާތްތައް ބަލަމުންނެވެ.
އެގޮތުން އިއްޔެގެ މޮނިޓަރިންގައި ފާހަގަ ކުރެވުނު ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް ކުރިޔަށް ގެންދިޔަ 2 ފިހާރައަކާއި 1 ގާޑިއާ ފާހަގަ ކުރެވި ލިޔުމުން އެފަރާތްތަކަށް ނަސޭހަތް ދެވިފައިވާ ކަމަށް ޓާސްކް ފޯހުން ހާމަކުރެއެވެ. މި ދެ ފިހަރައާއި ގާޑިޔާއިން ވަނީ ވިޔަވާރިތައް ބަންދުކުރުމަށް އެންގި އެންގުމަށް އިޖާބަ ނުދީފައި ކަމަށް ވެއެވެ.
މިދުވަސްވަރު އާއްމު ވިޔަފާރި ކުރުން ވަނީ މަނާކުރެވިފައިއެވެ. ވިޔަފާރިގެ ޚިދުމަތް ޑެލިވަރީގެ ގޮތުގައި ދިނުމަށް ސިޓީ ކައުންސިލުގައި ރަޖިސްޓްްރީ ކުރަން ޖެހެއެވެ.

ކޯވިޑް-19 ހޭލުންތެރިކުރުމުގެ ވީޑިއޯ ސްޕޮޓްތަކުން
ކޯވިޑް-19 އަށް އާއްމު ން ހޭލުންތެރިކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ ކަމާއި ގުޅޭ މައުލޫމާތާއި، ގައިދުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ވީޑިއޯ ސްޕޮޓްތަކެއް ހަދައި އާއްމު ކުރަމުންނެވެ.
ޚިޔާލުތައް