A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުން 3 ވަނަ މީހެއްގެ ގައިން ކޮވިޑް-19 އަށް ސާމްޕަލް ނަގައި މާލެ ފޮނުވަނީ

ކޮވިދް-19 އަށް ސާމަޕަލް ނަގަނީ.

ފުވައްމުލައް ސީޓީ އިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ 3 ވަނަ މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް މާލޭ ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. އެމީހާގެ ގައިން ސާމްޕަލް ނަގާފައި ވަނީ  އެޕްރީލް މަހު 27، 2020 ވަނަ ދުވަހުގެ ރެއެވެ.

މިއީ ފުވައްމުލަކުން ކޮވިޑް-19 އަަށް ޝައްކުކުރެވޭ ސާމްޕަލް ނެގިި 4 ވަނަ ފަހަރެވެ. އެއީ މިމަހު 21 ވަނަ ދުވަހާއި 26 ވަނަ ދުވަހާއި 27 ވަނަ ދުވަހު ނެގި 3 މީހުންގެ ސާމްޕަލްގެ އިތުރުން ފުވައްމުލަކު ބޭރުގައި އޮތް އައިލެންޑް ސަފާރީ 1 ގައި ތިބި ފަތުރުވެރިން ގައިން ނެގި ސާމްޕަލެވެ.

މި މަހު 21 ވަނަ ދުވަހު ނެގި ސާމްޕަލްގެ ނަތީޖާ ނެގަޓިވް ވެފައިވާއިރު 26 އަދި 27 ގައި ނެގި ނަތީޖާ އަދި ނުލިބެއެވެ.

މިމީހުން ގައިން ސާމްޕަލް ނެގީ ފްލޫ ކްލިނިކަށް ދެއްކުމުން ޝައްކުވެގެންތޯ ނޫނީ އެހެންގޮތަކުން ބައްޔަށް ޝައްކުކުރެވިގެން ކަމައެއް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގެ ޓްވިޓް- ކޯވިޑް-19ގެ 3 ވަނަ މީހެއްގެ ސާމްޕަް މާލެ ފޮނުވަނީ.

މިހާތަނަށް ފުވައްމުލަކުން އެއްވެސް މީހަކު މިބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ނަމަވެސް އެންމެ ފުރަތަމަ ފުވައްމުލަކު ހޮސްޕިޓަލުން ސާމަޕަލް ނެގި  ތިބި 2 ފަތުރުވެރިން ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ބަލިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން  މީގެ ތިން ހަތުަރު ދުވަސް ކުރިން މާލެ ސިޓީއިން ފުރައިގެން ފުވައްމުލަކަށް އައި މުދާއުފުލާ، އުޖާލާ ބޯޓުގެ ފަޅުވެރިންނާއި ދަތުރުވެރިން ވަނީ 14 ދުވަހަށް އެކަހެރިކޮށްފައެވެ.  އެ ބޯޓުގެ 8 ފަޅުވެރިން އެކަހެރި ކޮށްފައި ވަނީ ބޯޓުގައެވެ. އެބޯޓުން ދަތުރުކުރި 6 ދަތުރުވެރިން އެކަހެރިކޮށްފައި ވަނީ ވޭލި ރެސިޑެންސް ގެސްޓް ހައުސްގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !