A wide advertisement which will be shown on all devices. (700 x 100)

ދިވެހިރާއްޖެ އިސްލާމްވި ދުވަހުސް ފާހަގަ ކުރަމުން އައިގޮތް

ދިވެހިރާއްޖެ އިސްލާމްވުން ރަބީއުލްއާޚިރާ މަހުގައި

ނޯޓް: މިއީ 2019 ވަނަ އަހަރު ޑިސެމްބަރު 1 ވަނަ ދުވަހު މިކަލް ނޫހުގައި ކުރިން ޝާއިއުކޮށްފައިވާ ލިޔުމަކަށް ކޮންމެވެސް ވަރެއްގެ އިސްލާޙުތަކަކާއެކު އަލުން ޝާއިއުކުރާ ލިޔުމެކެވެ.

ދިވެހިރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކާއިމެދު ތާރީޚުގައި ދެބަސްވެފައިވާ ފަދައިން އިސްލާމްވި ދުވަހާއި މެދުވެސް ތާރީޚުގެ އިތުރުން ވެރިކަން ކުރި ފަރާތްތަކުގެ ދެބަސްވުންތަކެއް ވެއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި މިހާރު ފާހަގަކުރަމުން މިދާ ރަބީއުލްއާޚިރާ މަހުގެ ދެވަނަ ދުވަސް ދެވަނަ ފަހަރަށް ފާހަގަކުރައްވަން ފެއްޓެވީ ރައީސް މައުމޫނުގެ ވެރިކަމުގެ މެދުތެރޭގައެވެ. ނަމަވެސް އެދުވަހަކީ އޭގެ ކުރިންވެސް ފާހަގަކުރަމުން އައިސްފައިވާ ދުވަހެކެވެ. އެދުވަސް ފާހަގަކުރެއްވުން ހުއްޓާލެއްވީ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި 1958 ވަނަ އަހަރު ނޮވެމްބަރު މަހު 6 ވަނަ ދުވަހު ނެރެއްވި އިއުލާނަކާއި އެކުގައެވެ.

އެ އިއުލާނުގައި ވާގޮތުން ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި އޭރު ފާހަގަކުރަމުންދިޔަ ރަބީއުލްއާޚިރާ މަހުގެ ދެވަނަ ދުވަހުގެ ބަދަލުގައި އެހެން ދުވަހެއް ހަމަޖެއްސެވީ ރާއްޖެ އިސްލާމް ކުރެއްވި ދުވަސް ކަނޑައެޅިގެން އެގެން ނެތުމުންނެވެ. އެ އިއުލާނުގައި ވާގޮތުން ރާއްޖެ އިސްލާމްވި ދުވަހެއްގެ ބަދަލުގައި އެގެން އޮތީ ދިވެހިރާއްޖެ އިސްލާމްވީ ރަބީއުލް އާޚިރާ މަހުގައިކަމެވެ.

ގެންމިސްކިޔް އެތެރެިން…

ދިވެހިރާއްޖޭގެ ރައްތޔިތުން އިސްލާމް ދީން ގަބޫލުކުރީ އެއްފަހަރާއެއް ނޫންކަނށް ތާރީކުން ސާބިލތުވެއެވެ. އެގޮތުން ފުވައްމުލަކުގެ އެކިބައިތައް އިސްލާމްވިގޮތަށް ބަލާލުމުން ވެސް އެކަން އެނގިގެންދެއެވެ. ފުވައްމުލަކުން އެންމެ ފުރަތަމަ އިސްލާމްވި ކަމަށް ވަނީ ހޯދަޑު އަވަށު މިހުންނެވެ. އެންމެ ފަހު އިސްލާމްވީ ދަޑިމަގު އަވަށު މީހުންކަމަށް ވެއެވެ.

ދިވެހި ރާއްޖެ އިސްލާމް ވިކަމަށް ތާރީޚުގައި ލިޔެވިފައިވަނީ އޭރުގެ ރާއްޖޭގެ ރަސްކަން ކުރައްވަމުން ގެންދެވި ރަސްގެފާނު، ތީމުގޭ މަހާ ކަލަމިންޖާ، މީލާދީން 1153ގައި އިސްލާމް ދީން ޤަބޫލު ކުރެއްވުމުންނެވެ. އަދި އިސްލާމް ވުމަށްފަހު އެ ރަސްގެފާނުގެ ނަން އައްސުލްޠާނު މުޙައްމަދު ބިން ޢަބްދުﷲގެ އަށް ބަދަބަދަލުކުރައްވައި، މީލާދީން 1166 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ރަސްކަން ކުރެއްވިއެވެ. އެދުވަސްވަރު ރާއްޖޭގެ އެކިރަށްތަކުގައި އިސްލާމީ  ދީން ފެތރުއްވުމަސ ްމަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ދިވެހިރާއްޖެއިން އެންމެ ފަހުން އިސްލާމްވި ކަމަށް ވަނީ ފ.އަތޮޅު ނިލަންދޫ މީހުންނެވެ.

މާލޭ ހުކުރު މިސްކިތް. ފޮޓޯ ހެރިޓޭޖް މިނިސްޓްރީ

ރާއްޖެ އިސްލާމްވި ވަކި ދުވަހެއް ކަނޑައެޅިގެން ނޭނގުމުގެ ސަބަބުން، ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އައި ރަބީއުލްއާޚިރާ މަހުގެ ދެވަނަ ދުވަހުގެ ބަދަލުގައި ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމިއްޔާތު އޭގެ ފަހުން އޮންނާނީ ރަބީއުލްއާޚިރާ މަހުގެ 10 ވަނަ ދުވަހުގެ ފަހުން އަންނަ ފުރަތަމަ ހުކުރު ދުވަހުގައި ކަން ވަޒީރުއް ދާޚިލިއްޔާއިން 23 ރަބީއުލް އާޚިރާ 1378 ވަނަ ދުވަހު މީލާދީން 6 ނޮވެމްބަރު 1958 ގައި ކުރެއްވި އިއުލާނުގައި ވެއެވެ.

އެއަށްފަހު އަނެއްކާ ވެސް ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ރަބީއުލް އާޚިރާ މަހުގެ ދެވަނަ ދުވަސް ފާހަގަކުރަން ފަށާފައި ވަނީ އޭގެ 42 އަހަރު ފަހުން 2000 ވަނަ އަހަރު ޖޫން މަހު 27 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުން ނެރުއްވި ދެންނެވުމަކާއި އެކުގައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !