A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަައް ސިޓީ ނަރުދަމާ – ބޮޑު އިހުމާލެއް! ބޮޑު ތުރާލެއް!

ފުވައްމުލައް ސިޓީގެ ނަރުދަމާގެ ޙާލަތު: ގޭގެ އެތެރެ އީއި ބޭރުގައި ވެސް ނަޖިސް ފެން

ބޮޑު ޚަރަދު ކޮށްގެން ގާއިމުކުރި ފުވައްމުލައް ސިޓީ ނަރުދަމާ ނިޒާމު ރައްޔިތުންނަށް މިވަނީ ފަސޭހައެއްގެ ބަދަލުގައި ބޮޑު އުނދަގުލަކަށް ވެފައެވެ. ބޮޑު ތުރާލަކަށް ވެފައެވެ. މިކަމުގައި ބައެއް މީހުން ބުނާނީ ބޮޑު އިހުމަލެއް ވެސް އޮތް ކަމަށެވެ. އެގޮތުން މި މަސައްކަތް ކުރި ސިއެރާ ކުންފުންޏަށް ބައެއް މީހުން އިގިލި ދިއްކުރާ އިރު އަނެއްބަޔަކު އިނގިލި ދިއްކުރަނީ މިމަސައްކަތް ކުރުވި ރައީސް ޔާމީނުގެ ސަރުކާރަށެވެ. އަދި އެއްބަޔަކު މިކަމުގައި ސިޓީ ކައުންސިލާއި ރައްޔިތުންގެ އިހުމާލު އޮތް ކަމަށް ބުނަނީ މިފަދަ ދޯހަޅި ގޮތަކަށް ބޮޑު މަސައްކަތެއް ނިމިގެން ދިޔައިރު އެއްޗެކޭ ނުބުނެ ތިބި ކަމަށް ބުނެއެވެ.

މީގެ އިތުރުން މި މަސައްކަތް މޯލްޑިވްސް ވޯޓަ އެންޑް ސްވަރޭޖް ކޯޕަރޭޝަން (އެމްޑަބްލިޔުއެސްސީ) އަށް ނުދީ ލަންކާގެ ސިއެރާ ކުންފުންޏަށް ދިނީ ވެސް ނާޖާއިޒު ފައިދާތަކެއް ކޮންމެވެސް ބަޔަކު ނަގަން ކަމަށް ވެސް ބުނެއެވެ. އަދި މަސައްކަތް ނުނިމެނީސް އިންތިޚާބަށް ވޯޓު ހޯދަން ވެގެން ނަރުދަމާ ހުޅުވަން މަަސްކަތް ސިއެރާ ކުންފުނިން ނެގިކަމަށް ބުނެ ވެސް ކުރީގެ ސަރުކާރަށް މިކަމުގައި އިނގިލި ދިއްކުރާ މީހުން މަދެއް ނޫނެވެ.

ކޮންމެ ގޮތަކަށް ކަންވެފައި އޮތަސް މިއަދު ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ ދިމާވެފައިވާ ތުރާލުން ސަލާމަތް ވާނެ ގޮތަކާއި މެދުއެވެ. ނަރުދަމާގެ އުނދަގޫ ބޮޑުުވެގެން ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު ހެންވެސް މީހުން އެތައް ބައިވަރު ފޮޓޯ ތަކަކާއި އެކު ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ ހައެކަމަސް ދުވަސް ވަނީއެވެ.

ފުވައްމުލައް ސިޓީގައި އެޅި “ނަރުދަމާގެ މަސައްކަތް ނުނިމެނީސް 2018 ގެ ރިޔާސީ ކެމްޕޭނަށް ކޮންޓްރެކްޓާ އަތުން މަސައްކަތް ނަގާފައި ފެނަކައާއި ހިންގަން ހަވާލުކުރުމުން، ކޮންޓްރެކެކްޓާ މަސައްކަތް، ސިސްޓަމް ޓެެސްޓް ވެސް ނުކޮށް ރަށުން ފުރައިގެން ދިޔައީ” ކަމަށް އެކަކު ލިޔެފައި ވެއެވެ.

ފެނަކައިން ނަރުދަމާގެ ނިޒާމު ހިންގަން ފެށިފަހުން ގޭގެ ފާޚާނާތަކުގައި ފެން ބޮޑުނުވާ އިރެއް ނުދާކަމަށް، ފެންބޮޑުވެފައިވާ ފާޚާނާއެއްގެ ފޮޓޯއެއް ފޭސްބުކުގައި ހިއްސާކުރަމުން އެހެން މީހަކު ބުންޏެެވެ. “މިކަން ދެން ހައްލުކުރުމަކީ ކުޑަކަމެއް ނޫން ކަމަށާއި މިކަމަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް” އޭނާ ބުނެއެވެ.

ނަރުދަމާގެ ޖަންކްޝަންތައް ޕަމްޕް ޖަހައިގެން ހިއްކަމުން އާދޭ…

“ބޮޑު ސްވަރޭޖް ސިސްޓަމެއް ނިންމައި ޑިފެކްޓްތައް ނުހޯދާ، ޓެސްޓެއް ނުކޮށް ކޮންޓްރެކްޓާ ފުރައިގެން ދިއުމުން ސިސްޓަމަށް ވާއެއް ނުވާއެއް ފެނަކައަށް ނޭގޭނެ” ކަމަށް އިސިސް އޭނާގެ ފެސްބުކް ގައި ލިޔެފައި ވެއެވެ.

“ފުވައްމުލައް ސިޓީ ނަޖިހުގެ އަޑީގައި. ޝުކުރިއްޔާ ޔާނު’ އަހުމަދު ވަހީދު އޭނާގެ ފޭސްބުކްގައި ލިޔެފައިވެއެވެ. އޭނާއާއި އެއްބައިވަމުން ފިރާޒު ކިޔާ މީހަކު ބުންޏެވެ. ހަމަ ރަނގަޅަށް… އަމާ ބުނީތީ ފަރަށްދާ އުސޫލް ކޮށްފައި އޮތްކަމެއް މީ. ކައުންސިލްރުންނާއި ރައްޔިތުން ވެސް ހަމަަ ރަނގަޅީ! މިކަހަލ ތާކުންކުރެ ތާކުނުޖެހޭ ކަމެއް ގޯސްކޮށް ނިންމާލިއިރުވެސް އަނގައިން ބަހެއް ވެސް ނުބުނެ ތިބީ ތީ! ކަމަށެވެ. މިއީ މީހުންގެ އިހުސާސްތައް ހުރި ގޮތެވެ.

ފެނަކަ ފުވައްމުލަކާއި ސިޓީ ކައުންސިލަށް ވެސް ނަރުދަމާގެ މައްސަލަ ހުރިކަން އެނގެއެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މިޑީއާގައ،ި ފާއިތުވި 2019 ވަނަ އަހަރުގައި ވެސް  ނަރުދަމާގެ މައްސަލަތައް ފާހަގަކޮށް ވާހަކަދައްކަވާފައި ވެއެވެ. އަދި އެއިގެ ފަހުން މައްސަލަތައް ހައްލުކުރުމުގެ ގޮތުން އެތައް ކަމެއް ވަނީކޮށްފައެވެ. އަދި ވެސް ދަނީ ކުރަމުންނެވެ. ނަމަވެސް ހުރިހާ  ރައްޔިތުންނަ އެކަމުން ލުޔެއް ލިބޭތަނެއް ނުފެނެއެވެ.

ފުވައްމުލައް ސިޓީގެ ނަރުދަމާ އަށް ދިމާވެފައިވާ މައްސަލަތައް އިސްޕެކްޓް ކުރަނީ. ފޮޓޯ: ފވމ ސިޓީ ކައުންސިލް

ފާއިތުވި 2019 ވަނަ އަހަރު އޮކްޓޯބަރު މަހު ފަހުކޮޅު ފުވައްމުލައް ސިޓީ ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމާއި ގުޅުން ހުރި ހުރިހާ ފަރާތެއް ހިމެނޭ ގޮތުން ނަރުދަމާ ސިސްޓމް އިންސްޕެކްޓް ކުރިއެވެ. އެ އިންސްޕެކްޝަނުގައި ތިމާވެއްޓާއި ބެހޭ މިނިސްޓރީއާއި، ޕްލެނިން މިނިސްޓްރީ،، ސިއެރާ، ފެނަކަ ކޯޕަރޭޝަން، އަދި ނަރުދަމާ ސިސްޓަމް ޑިޒައިނާ ރިޔަން އާއި ސިސްޓަމްގެ ބައިތައް އުފެއްދި ފަރާތާއި ފުވައްމުލައް ސިޓީ ކައުންސިލުން ބައިވަރިވެފައި ވެއެވެ.

މި އިންސްޕެކްޝަނަށް ފަހު ނޮވެމްބަރު މަހު ފެނަކައިގެ މެނޭޖިން ޑިރެކްޓަ ވިދާޅުވެފައި ވަނީ ފުވައްމުލައް ސިޓީގެ ނަރުދަމާއަށް ޖެހިފައިވާ މައްސަލަ ވަރަށް އަވަހައް ހައްލުކޮށް ދޭނެކަމަށެވެ. ނަމަވެސް އެއިގެ ފަހުން މިހާރު 6 މަސް ދުވަސް ވެގެން ދިޔައިރު އަދިވެސް މިކަމުގެ ހައްލެއް ނުފެނެއެވެ. މިއިން އެނގިގެން ދިޔައީ މަތީގައި އެހެން މީހަކު ބުނެފައިވާ ފަދައިން މިކަމުގައި ވާއެއް ނުވާއެއް ފެނަކައަށް ވެސް ނޭގޭ ކަމެވެ.

ފެނަކައިން ވަނީ މައްސަލަޖެހިފައިވާ ޖަންކްޝަންތައް ބަދަލުކުމުގެ މަސައްކަތެއް ވެސް ފަށާފައެވެ. ނަމަވެސް އެކަމަކުން ވެސް މުޅި ސިސްޓަމަށް ހައްލެއް ލިބޭކަމަކަށް ނުވެއެވެ.

ފާއިތުވި ހަފުތާގައި މިކަލްނޫހާއި ވާހަކަ ދެއްކި ފުވައްމުލަކުގެ ނަރުދަމާގެ މައްސަލައަށް ވަގުތީ ހައްލު ހޯދުމުގެ މަސައްކަތް ކުރަމުންއަންނަ މީހަކު ބުނި ގޮތުގައި އޭނަގެ ޓީމަކާއި އިތުރު 4 ޓީމަކުން އަންނަނީ ކޮންމެ ދުވަހަކުވެސް ރަށުގެ އެކި ހިސާބުތަކުގެ މަގުތަކުގައި ބަހައްޓާފައި ހުރި ޖަންކްޝަންތަކުން ޕަމްޕް ޖަހައިގެން ނަޖިސް ހުސްކުރަން ކަމަށެވެ. ނަމަވެސް ބައެއް ދިމަދިމާގައި ހުރި ޖަންކްޝަންތަކަށްް ބާރުބޮޑުވާ ވަރުން ކޮންމެ ދެ ދުވަހަކުން އެއްފަހަރު ހުސްކުރަން ޖެހުމަކީ މިކަން މިގޮތަށް ކުރަން ވެސް ހުރި ގޮންޖެހުމެއް ކަމަށެވެ.

އޭނާ ބުނި ގޮތުގައި ކޮންމެ ދުވަހަކުވެސް އެކި ހިސާބުތަކުންގެ ޖަންކްޝަންތަކުން ނަޖިސް ހުސްކޮށްގެން ގެންގޮސް އަޅަނީ ދިގުވާނޑުގައި ހުންނަ ކަލެކްޝަން ޕޮައިންޓަށެވެ. އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ޖެހިގެން އުޅެނީ ގޭގޭގެ ޖަންކްޝަނަން ގުޅާފައި މަގުގައި ހުންނަ ޖަންކްޝަން ތަކުގައެވެ. އަދި އެ ޖަންކްޝަނުން ފެނާއި ނަޖިސް ފޮނުވައިދޭން ބޭނުންކުރާ ވެކިއުމް ސިސްޓަމުގައެވެ.

ފުވައްމުލައް ސިޓީ ނަރުދަމާ ނިޒާމުގެ މައްސަލަޖެހިފައިވާ ވެކިއުމް ޕްރެޝަރ ޕަމްޕެއް

ނަމަވެސް އޭނާ ބުނީ މަގުގައި ހުންނަ ބައެއް ޖަންކްޝަންތަކުގައި ލީކްގެ މައްސަލަތައް ވެސް އެބަހުރި ކަމަށާއި، ބައެއް ހިސާބުތަކުގައިި ވެކިއުމް ޕަމްޕްތައް ވެސް ހަލާކުވެ، ވެކިއުމް ސިސްޓަމް މަސައްކަތް ނުކުރާކަމަށެވެ. އަދި ބައެއް ހިސާބުން މައިހޮޅީގައި ވެސް ލީކު ހުރިކަން އޭނާ ފާހަގަ ކުރިއެވެ.

މިއިން އެނގެނީ މަސައްކަތް ކުރުމުގައި ހުރި ދޯހަޅިކަންކަމެވެ. މަސައްކަތްކުރި ފަރާތުގެ ފަރުވާ ކުޑަކަމެވެ. މިފަދަ ބޮޑު ސިސްޓމަކަށް ދިމާވެފައިވާ މައްސަލަ އެހާ ފަސޭހައިން ހައްލު ވެގެން ނުދާނެކަން ފެނަކަ-ފުވައްމުލްއް އާއި ފުވައްމުލައް ސިޓީ ކައުންސިލަށް މިހާރު ގަބޫލުކުރެވޭނެ ކަމަށް ބެލެވެއެވެ.

މިހާރު ފެނަކައަށް މިޖެހެނީ ކޮންޓްރެކްޓް އުސޫލުން މީހުނާއި ހަވާލުކޮށްގެން މަގުތަކުގައި ހުންނަ ޖަންކްޝަންތައް ހުސްކުރުމަށެވެ.

300 މިލިޔަން ރުފިޔާގެ ސިސްޓމުން ރައްޔިތުންނަށް މިވަނީ އަދި ތުރާލެވެ. ގޭގައިކުރިން ބޭނުން ކުރަމުން ދިޔަ ފާޚާނާ ވަޅުތައް ނަގައި ނަރުދަމާގެ ސިސްޓމާއި މިވަނީ ހޮޅިތައް ގުޅާފައެވެ. އަލުން ކުރީގެ ވަޅުތަކަަށް ގުޅޭނެ ގޮތެއް ވެސް ނެތެވެ. މިހާރު މި ގުޅި ސިސްޓަމާއެކު ކުރިޔަށް ވެސް ދެވޭކަށް ނެތެވެ! ރީތިކޮށް ބޮޑުު ޚަރަދުކޮށްގެން ފައްކާކޮށްފައިވާ ފާޚާނާތައް މިވަނީ ނަޖިސް ފެނުން ފުރިފައެވެ. ބައެއް ގެގޭ ކުރިމަތީގައި މަގުގައި ހުންނަ ޖަންކްޝަން ފުރިގެން ލީކުވާ ނަޖިސް ފެނުން އެމަގުން ގެއަށް ނުވަދެވޭ ހާލު ނޯއްދަމާލެވޭކަށް ވެސް ނޯވެއެވެ.

މިކަމަށް ބަސްބުނި އެކަކު ބުނެފައިވަނީ ޖަންކްޝަތައް އަބަދު ހިއްކަން ކުރާ ޚަރަދު މިވަރުގެ ނިޒާމެއް ގައިމުކުރަން ދާޚަރަދާއި އެއްވަރުވެގެން ވެސް ހިނގައިދާނެ ކަމަށެވެ.

މިއިުމާލަށާއި މިތުރަލަށް މިވަނީ ހައްލެއް ނުފެނިފައެވެ. ދިގުލައިގެން ދަނީއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޢަލީ ސަލީމް

    މިމައްސަލަ ދިމާވެއްނެންކަން އެނގެންނަހެދީ ސިއެރާއެން މިރަށި 1 އަހަރޮ މަޑޮކެރައްނަ ވޭޑުނާ ކައުންސިލެން އެމީހުން ބޭރެކެރީ. ކައުންސިލަހަ ނިކެރެއްނެން ތެދެ ހަދާފަހޭ މީދޮގަކައެ ބެނައްނަ. ދެން މިރަށި ހީށި 3 ޕަމްޕެން 2 ޕަންޕެ މައްސަލަ ޖެހީފޭ ހިންނާތަނަހަ 6 އެއްކަ މަހަ ވެގޮހޮލާ ހެދީ އެކަންވީކަލަހަ މިއޯތީ ވެންނެން ހައެއްތައް ވެ ނިމީގޮހޮ. ޕަމްޕް ތެލަހަ ލިބީފޭ ތީބީ އަސްލުތެލްތޯ ފެނަަކަ އެން ޙަވާލްވެގެން ތިބި މީހޫބެެނެބެލައު. މިމަސައްކަތި ކޮންސަލްޓެންޓުންނަ ތީބީ އީވާ މެންގެ ކުންފުނިއެ ބައެކޭއަ. ކުރިއެ ސަރޮކާރެ ބޮލަހަ ކަނޑަންނަ ވޭޑުނަސް އޮޅޮވާނިލާ ޙަޤީގަތް ހާމަކެރައު. އަފުންނަ ބައިވަރޮ ވާހަކަ ވަރަހަ ގިނަ ޙަޤީގަތަސް އެނގޭ ކުރިހާ އޭވަރަކުން ހާމަކެރަންނާ.

  • ާޢަބުދުޢްލާ

    ތާމެންގެ ސަޢިޒު ތީ.????

  • ޢަދު

    ތިމސައަކތް ކުރިއިރު ތި ހޮލހިތހަކަށް ވެލި އަޅާ، ހަލާކު ކުރަމުނ ދާމައްސަލަ ސިޓީ ކައުނ ސިލުގަި ޖެއްސި. ރޔ ކުރުވިކަމަކށް ވާތީ އެ ހަލާޚު ކުރަން މަސައްކަތް ކުރި.

  • ވެރީ އެންގްރީ

    ސިއެރާ އަތެން އަތިލާގެން ތިކަންމާ ފުވައްމުލަކި ފެނަކައެން ހަވާލްވީ މީހުން ކޮބާ؟
    އެމީހުން މަޖިލިސް އެ ކޮމިޓީހާ ހާޒިރު ކެރަންނަ ފުވައްމުލަކި މެމްބަރުންނަ ގޮވާލަން.

    • ޢަދީބު

      މިމައްސަލަ ހައްލުވުން ކަހަވެގޭ ފަހެނާ ނިރައްކަލްތެރި ބޭރަހަ ހިންގުމައް ފެތެރީއެންނެންކަމިގެ ބިރި ވަރަހަ ބޮނޑޮ. ނިނިމެނިން ހަވާލްވީ މީހުން ޒިންމާ ނަގަންނަ ޖެހޭ. ޑަނގަޑެން ވަޑޮ އެޑގެން ދޯލި ތިޔަކެރަމާ.